LIVE UPDATES

އޭޝިއާ ކަޕް ކޮލިފައިން: ދިވެހިރާއްޖެ 0 - ފަލަސްތީން 3

Updated:
1
  • ރާއްޖެ ފަލަސްތީނާ ބައްދަލު ކުރި މިއީ ތިންވަނަ ފަހަރު
  • ރާއްޖެއަށް އަދި މޮޅުވެވިފައެއް ނުވޭ
  • ރާއްޖެ އާއި ފަލަސްތީނުގެ ޓީމް ވެސް ބަދަލުވެފައި

ގުރޫޕް 'ޑީ' ގައި ހިމެނޭ އަނެއް ދެޓީމު ކަމަށްވާ، އޮމާން އާއި ބޫޓާން ބައްދަލު ކުރާ މެޗު މިހާރު ދަނީ ކުރިއަށް، އެ މެޗުގެ ނަތީޖާ އަކީ އޮމާން - 2 - ބޫޓާން - 0

އަރަބި އެމިރޭޓްސްގައި 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 17 ވަނަ އޭޝިއާ ކަޕަށް ކޮލިފައިވުމަށް ކުޅޭ ގުރޫޕް 'ޑީ' ގެ ކޮލިފައިން މެޗުގައި، ދިވެހިރާއްޖެއާ ފަލަސްތީން ބައްދަލު ކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ! ގުރޫޕް ޑިގައި ދެން ހިމެނެނީ ބޫޓާނާއި އޮމާން

ރާއްޖެއާ ފަލަސްތީން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބައްދަލު ކޮށްފަ އެވެ. ފުރަތަމަ ފަހަރަކީ 2012 ވަނަ އަހަރު ނޭޕާލުގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ގުރޫޕް ސްޓޭޖްގައި، އެ މެޗު ފަލަސްތީން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއިން

ދެވަނަ މެޗަކީ، 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖްކަޕްގެ ގުރޫޕް ސްޓޭޖުގައި އެފަހަރުގެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެން.

ރާއްޖޭގެ ޓީމުގެ ފުރަތަމަ 11

މުހައްމަދު ފައިސަލް -ގޯލްކީޕަރު-
ޝާފިއު އަހްމަދު (ޝާފީ)
އަމްދާން އަލީ (އެންޑީ)
އަލީ ސަމޫހް (ސަމުއްޓޭ)
އަހްމަދު އަބްދުﷲ (ލިލީ)
އަސްހަދު އަލީ (އަޑޭ) -ކެޕްޓަން-
އަހްމަދު އިމާޒު (އާއްކޮ)
އިމްރާން ނަޝީދު
މުހައްމަދު އުމޭރު
އަލީ ފާސިރު (ސެންޓޭ)
އަސަދުﷲ އަބްދުﷲ

ފަލަސްތީން ޓީމުގެ ފުރަތަމަ 11

ރަމީ ހަމާދީ -ގޯލްކީޕަރު- .
ހައިސަމް ދީބް
އަބްދުﷲ ޖާބިރު .
މުސްއަބުލް ބަތޯތު
ޖޮނަތަން ކެންޓިލާނާ
އަބްދުލް ލަތީފް ބަހްދަރީ -ކެޕްޓަން- .
ތައާމުރު ސިޔަމް .
މުހައްމަދު ޔަމީން .
މުހައްމަދު ދަރުވީޝް .
ޝާދީ ޝައަބާން
ޔާޝިރު ޕިންޓޯ އިސްލާމޭ .