ވިޔަފާރި

"މެގަޕެކް" ޕްރޮމޯޝަންގެ ނަސީބުވެރިންނާ އިނާމް ހަވާލުކޮށްފި

އޭޑީކޭގެ ޖެނެރަލް ޓްރޭޑިން ކުރިޔަށް ގެންދާ "މެގަޕެކް" ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމް ހަވާލުކޮށްފި އެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހުން ފެށިގެން ފެބްރުއަރީ މަހާ ހަމަޔަށް ޖޭޓީ ސްނެޕް އިން ކުރިޔަށް ގެންދިޔަ ބޮޑު ޕްރޮމޯޝަނަކީ ޑްރައިޕާޒް ނެޕީ ޕެކެޓް ގަނެގެން އަގުހުރި އިނާމްތަކެއް ހޯދުމުގެ ފުރުސަތު އޮތް ޕްރޮމޯޝަނެކެވެ. އެގޮތުން އެއްވަނަ އިނާމަކަށް އެއް އަހަރު ދުވަހަށް އެޕާޓްމަންޓެއް ހިލޭ ލިބޭ އިރު ދެވަނަ އިނާމަކަށް ލިބެނީ ވެސްޕާ ސައިކަލެކެވެ. އަދި ތިން ވަނަ އިނާމަކަށް އެއް އަހަރު ދުވަހަށް ޑްރައިޕާޒް ޕެކެޓް ލިބެ އެވެ.

ޖޭޓީ ސްނެޕް އިން މިރޭ ސަލްސާ ރޯޔަލްގައި ބޭއްވި ހަފްލާއެއްގައި ވަނީ ނަސީބުވެރި ފަރާތްތަކަށް އިނާމް ހަވާލުކޮށްފަ އެވެ. އެއްވަނަ އިނާމް ލިބުނީ ތ. ވިލުފުށީ އާދަމް ނަސީހަށެވެ. އަދި ދެވަނަ އިނާމް މ. މުލަކު، ޒަމާނީ ހައުސް، ނާދިރާ އިބްރާހިމަށެވެ. ތިން ވަނަ އިނާމް ލިބުނީ ހޫދް އިބްރާހިމް ފަޒީލް އަށެވެ.