ވިޔަފާރި

ރެޑްބުލްގެ ނޭމާ ހީރޯ އެޑިޝަން ރާއްޖެއަށް!

ރެޑްބުލްއަށް އަދި ނޭމާގެ ސަޕޯޓަރުންނަށް މިވަނީ އަނެއްކާވެސް ރެޑްބުލްއިން ސަޕްރައިޒްއެއް ދީފައެވެ. އެގޮތުން ރެޑްބުލްއިން ދުނިޔޭގެ އެކި ގައުމުތަކަށް ހުޅުވައިލައިގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ފުޓްސެލް މުބާރާތް ޕްރޮމޯޓް ކުރުމުގެ ގޮތުން މިވަނީ ރެޑްބުލް ދަޅުގެ ލިމިޓެޑް އެޑިޝަނެއްގެ ގޮތުން ނޭމާ ޖޫނިއާރ ހީރޯ ދަޅު ރާއްޖޭގެ ބާޒާރަށް ނެރެފައެވެ.

ރެޑްބުލްއިން ސްޕޮންސާކޮށްފައިވާ އެތްލީޓް އަދި ބްރެޒިލްގެ ތަރި ކަމުގައިވާ ނެމާ ޖޫނިއާ އަށް ހާއްސަކުރެވިގެން ކުރިއަށް ގެންދާ މި ފުޓްސެލް މުބާރާތާ ދިމާކޮށް ރެޑްބުލްއިން ނެރެފައިވާ ދަޅު ޑިޒައިން ކުރެވިފައިވަނީ ނޭމާ ގެ ފޮޓޯ ދަޅުގައި ޖަހިގެންނެވެ. ރެޑްބުލްއިން ވަނީ "ހީރޯ އެޑިޝަން" ގެ ނަމުގައި ސްޕޮންސާ ކުރާ އެތްލީޓުންގެ ފޮޓޯތަށް ބޭނުންކޮށްގެން ހާއްސަ އެޑިޝަންތަކެއް މީގެ ކުރިންވެސް ބާޒާރަށް ނެރެފައެވެ.

މިއީ ލިމިޓެޑް އެޑިޝަނެއް ކަމުން މި އެޑިޝަން ރާއްޖޭގައި ލިބެން ހުންނާނީ މަހެއްހާ ދުވަހަށެވެ. ހާއްސަ ދަޅަކަސް މި ދަޅުގެ އަގަކަށް އެއްވެސް ބަދަލެއް ނައިސް މިހާރުވެސް އާދައިގެ ރެޑްބުލް ދަޅު ލިބޭ އަގުގައި މި ދަޅުވެސް ލިބެންހުންނާނެއެވެ.

ދުނިޔޭގެ 50 އަށް ވުރެ ގިނަ ގައުމުގައި ކުރިއަށް ގެންދާ މި ފުޓްސަލް މުބާރާތުގައި ރާއްޖޭގައި ކޮލިފައިންތަށް ކުޅޭތާ މިހާރު ދިން އަހަރު ވެދާނެއެވެ. މި މުބާރާތަކީ މީގެ ކުރިން ވިނިންގް 5 ގެ ނަމުގައި ކުރިއަށް ގެންދެވުނު މުބާރާތެކެވެ. އެހެންނަމަވެސް މި މުބާރާތް ބްރޭންޑް ކުރުމުގެ ގޮތުން މި މުބާރާތުގެ ނަން މިހާރު ވަނީ ނޭމާ ޖޭއާރް ފައިވް އަށް ބަދަލުކުރެވިފައެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޭމާ އިންސްޓިއުޝަނާއި ރެޑްބުލްއާއި ގުޅިގެންނެވެ.

މިމަހު 15 ވަނަ ދުވަހުން މޭމަހުގެ 13 ވަނަ ދުވަހުގެ ނިއަލަށް މި މުބާރާތުގެ ރާއްޖޭގެ ކޮލިފައިންތަށް ކުރިއަށްދާނެއެވެ. މި ކޮލިފައިންތަށް ކުރިއަށް ގެންދަނ ހަމަޖެހިފައިވަނީ އޭއެޕްރީލް 15 ގައި ގދ. ތިނަދޫ އަދި ސ. ގަން، 22 އޭޕްރީލްގައި ހދ. ކުޅުދުއްފުށި އަދި ޏ. ފުވައްމުލަށް، 28 އޭޕްރީލްގައި، ހއ. އިހަވަންދޫ، 29 އޭޕްރީލް ހއ. ހޯރަފުށި، އަދި ގއ. ވިލިގިނލި، 13 މެއި ގައި މާލެގައެވެ. އަދި ރާއްޖޭގައި ގައުމީ ފައިނަލް އޮންނާނީ މެއި މަހުގެ 20 ދުވަހު މާލޭގަ އެވެ.

މި މުބާރާތުގެ ގައުމީ ޗެމްޕިއަނުން ދެން ވާދަކުރާނީ ދުނިޔޭގެ އެކި ކަންކޮޅުތަކުކުގެ ޗެމްޕިއަންތަކާއިއެވެ. މި މެޗްތަށް ކުރިއަށް ދާނީ ބްރެޒިލްގެ ޕްރެއާ ގްރޭންޑްގައި ހުންނަ ނެމާ އެކަޑަމީގެ މައި ސްޓޭޑިއަމްގައެވެ.

ރެޑްބުލްއިން އަންނީ ރާއްޖޭގައި ވެސް ގިނަ މުބާރާތްތަކެއް ބާއްވަމުންނެވެ. އެގޮތުން ކެޗްދި ފެރީ އަދި ގަލަން ކޮށްޓާ އެއީ ދިވެހިން ކޮންމެ އަހަރަކުވެސް އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް މުބާރާތްތަކެވެ. ރެޑްބުލްއިން މީގެ އިތުރުންވެސް ދަނީ ރާއްޖޭގެ އެތްލީޓުންނާއި އެހެނިހެން ގްރޫޕްތަށް ވެސް ސްޕޮންސާކޮށް ރާއްޖޭގެ އާޓިސްޓުންނާއި އެތްލީޓުންނަށް އެހީތެރިވެ ހިތްވަރުދެމުންނެވެ.

ނޭމާ ޖޭއާރް ފައިވް ސައިޑް ފުޓްސަލް މުބާރާތުގައި ބައިވެރިވާން ރަޖިސްޓްރީ ކުރުމަށް: www.neymarjrsfive.com