ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިސްލާމިކް އިން ޖޫނިއާ ސާފިން ޗެމްޕިއަންޝިފަށް އެހީވެއްޖެ

ނެޝަނަލް ޖޫނިއަ ސާފިން ޗެމްޕިއަންޝިޕަށް ބީއެމްއެލް އިސްލާމިކް އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ބީއެމްއެލް އިން ބުނީ މިއީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މޯލްޑިވްސް ސާފިން އެސޯސިއޭޝަންއާ އެކު ގައުމީ ޖޫނިއަ ސާފިން ޗެންޕިއަންޝިޕް އަށް ބީއެމްއެލް އިސްލާމިކް އިން ފޯރުކޮށްދީފައިވާ އެހީތެރިކަމެއް ކަމަށެވެ.

އިއްޔެ ފެށި މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ ރާޅުގަނޑު ސަރަހައްދުގައެވެ.

ނެޝަނަލް ޖޫނިއަ ސާފިން ޗެމްޕިއަންޝިޕްގައި މިއަހަރު 16 އެތްލީޓުން ބައިވެރިވެ އެވެ.

މުބާރާތުގައި އެތުލީޓުން ބައިވެރިވެފައިވަނީ އުމުރުން 14 އަހަރުން ދަށާއި 16 އަހަރުން ދަށާއި 18 އަހަރުން ދަށުގައެވެ.