ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ވައު ކިޑްޒް ރަން ބާއްވައިފި

May 13, 2022

ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މި އަހަރުގެ ދުވުން ކާމިޔާބު ކަމާ އެކު ނިންމާލައިފި އެވެ.

ހަތަރު އުމުރު ފުރާއެއްގެ 1000 ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއެކު މި ދުވުން ބޭއްވީ މިއަދު ހެނދުނު ހުޅުމާލޭގައެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ޓީއެފްޖީ އާ އެކު މި ދުވުން މިއަހަރަވުސް ވަރަށް ފުރިހަމަ ގޮތެއްގައި ބޭއްވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. މިއީ ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި އަޅުގަނޑުމެން ބާއްވަމުންދާ ހާއްސަ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދުވުގެ ކެޓަގަރީތައް

  • 4 އަހަރާއި 6 އަހަރާ ދެމެދު – 1.3 ކިލޯ މީޓަރ ދިގުމިނަށް ( ބެލެނިވެރިއަކާއެކު)
  • 6 އަހަރާއި 8 އަހަރާ ދެމެދު – 2 ކިލޯ މީޓަރ ދިގުމިނަށް ( ބެލެނިވެރިއަކާއެކު)
  • 8 އަހަރާއި 10 އަހަރާ ދެމެދު –3 ކިލޯ މީޓަރ ދިގުމިނަށް ( ބެލެނިވެރިއަކާއެކު)
  • 10 އަހަރާއި 13 އަހަރާ ދެމެދު 4 ކިލޯ މީޓަރ ދިގުމިނަށް

ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ. ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ކޮންމެ އަހަރަކު ވެސް ލިބޭ ދުވުމެކެވެ. މިއީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން މި ދުވުން ބޭއްވި ފަސްވަނަ އަހަރެވެ.