ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އެއާޕޯޓް އާންމު ފެރީ ފުރާ ސަރަހައްދު ބަންދުކުރަނީ

Apr 13, 2017

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާންމު ފެރީ ހުޅުލެއިން ފުރާ ސަރަހައްދު ބަންދު ކުރަން ނިންމައިފި އެވެ. އެ ސަރަހައްދު ބަންދު ކުރަނީ އެތަން ތަރައްގީ ކުރުމުގެ މަސައްކަތަށެވެ.

އަންނަ އާދީއްތަ ދުވަހުން ވެސް ފެށިގެން އެ ސަރަހައްދު އެއްކޮށް ބަންދު ކުރަން ނިންމާފައިވާއިރު، އެ ސަރަހައްދު ތަރައްގީކޮށް ނިމެންދެން އާންމު ފެރީތައް ހުޅުލެއިން ފުރާނީ މިހާރު ފެރީތައް ހުޅުލެއަށް ލަފާ ސަރަހައްދުންނެވެ.

ވެލާނާ އިންޓަނޭޝަނަލް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއުގެ ދަށުން ފެރީ ފުރާ ސަރަހައްދު ވެސް ތަރައްގީ ކުރަމުން އަންނަ އިރު އެއާޕޯޓުގެ އެހެން ގިނަ ތަންތަން ވެސް ދަނީ ތަރައްގީ ކުރަމުންނެވެ.