ހަބަރު

މަސްތުވާތަކެތި ހިފައިގެން މާފުއްޓަށް ދިޔަ އަންހެނަކު ހައްޔަރުކޮށްފި

Apr 17, 2017
3

މަސްތުވާތަކެތި ކަމަށް ޝައްކުވާ އެއްޗެއް ހުރި ޕެކެޓްތަކާއެކު އަންހެނަކު ހައްޔަރުކޮށްފި އެވެ.

މައި ޖަލު ހުންނަ އަދި ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރި ތަރައްގީކޮށްފައިވާ މާފުށިން ހައްޔަރު ކުރި އެ އަންހެން މީހާއާ ބެހޭ ގޮތުން ފުލުހުން ބުނީ އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މާފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 22 އަހަރުގެ އެ އަންހެން މީހާ ހައްޔަރު ކުރީ ލޯންޗެއްގައި ގޮސް މާފުށްޓަށް ފޭބިތަނުން ކަމަށާއި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕެކެތްތައް ފެނިފައިވަނީ އޭނާގެ އަތް ދަބަހުން ކަމަށެވެ.

އޭނާގެ ބަންދަށް މިހާރު ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.