ވިޔަފާރި

ވިލާ ގޭހުގެ އަގު ވެސް ހެޔޮކޮށްފި

May 17, 2017

ރޯދަ މަހަށް ހާއްސަކޮށްގެން ވިލާ ހަކަތަ އިން ވިއްކާ ކައްކާ ގޭސް ފުޅީގެ އަގު ހެޔޮ ކުރަން އެ ކުންފުނިން ނިންމައިފި އެވެ.

އެ ކުންފުނިން މިއަދު އިއުލާން ކުރި ގޮތުގައި މިއަދުން ފެށިގެން މިހާރު 200 ރުފިޔާއަށް ވިއްކާ 10 ކިލޯގެ ގޭސްފުޅިއެއް ވިއްކާނީ 175 އަށް އަގުހެޔޮ ކުރުމަށް ފަހު އެވެ. އެއީ ގޭސްފުޅިއަކުން 25 ރުފިޔާގެ ހެޔޮވުމެކެވެ.

ވިލާ ގޭހުގެ އަގު ހެޔޮކޮށްފައިވާ މޯލްޑިވް ގޭހުގެ އަގު ވެސް ރޭ ވަނީ ހެޔޮކޮށްފަ އެވެ. އެ ކުންފުނިން ވެސް ރޯދަ މަހުގެ ނިޔަލަށް 10 ކިލޯގެ ގޭސް ފުޅިއެއް ވިއްކާނީ 175 ރުފިޔާއަށެވެ.