މޫސުން

27 ޓޫރިސްޓުން ތިބި ލޯންޗެއް ވެސް އަޑިއަށް ދަނީ

May 21, 2017

ސަމާ އައިލެންޑަށް ދަތުރުކުރަމުން ދިޔަ ލޯންޗަކަށް ދިޔަވާ ކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ. އެ ލޯންޗަކީ 27 ޓޫރިސްޓުން ތިބި ލޯންޗެކެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ 27 ޓޫރިސްޓުން ގޮވައިގެން ދަތުރު ކުރި ލޯންޗު ދިޔަވާން ފެށީ ކ. ތުޅާގިރި ކައިރިން ކަމަށެވެ. އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ސަމާ އައިލެންޑުގެ ލޯންޗު އަޑިޔަށް ދާން ފަށާފައިވާ އިރު ހުޅުމާލޭ ފަޅު ތެރޭ އޮތް ސަފާރީއެެއް އަޑިޔަށް ދާތީ ވެސް އެމްއެންޑީއެފްގެ ކޯސްޓްގާޑުން މިހާރު އަންނަނީ ހަރަކާތްތެރިވާން ފަށައިފަ އެވެ. ނަމަވެސް އޭގެ ތެރޭ ތިބީ ކިހާ ބައެއް ކަމެއް ސާފެއް ނުވެ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރާއި ފުލުހުން އަދި އެމްއެންޑީއެފް އިން ވެސް ވަނީ ކަނޑުދަތުރު ކުރުމުގައި ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ.