ވިޔަފާރި

އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 ވިއްކަން ފަށައިފި

May 22, 2017

ސެމްސަންގްގެ އެންމެފަހުގެ ފޯނުތައް ކަމަށްވާ ސެމްސަންގް ގެލެކްސީ އެސް 8 އާއި ސެމްސަންގް ގެލެކްސީ އެސް 8+ އުރީދޫ މޯލްޑިވްސްއިން ވިއްކަން ފަށައިފި އެވެ.

އުރީދޫއިން ވަނީ ސެމްސަންގްގެ އެންމެފަހުގެ ފޯނު ގަންނަ ފަރާތްތަކަށް ހާއްސަ ހާއްސަ ޕެކޭޖްތަކެއް ތައާރަފްކޮށްފަ އެވެ. އޭގެތެރޭގައި ސެމްސަންގްގެ އެންމެފަހުގެ ސްމާޓްފޯނާއެކު، 36 ޖީބީގެ ހިލޭ ޑޭޓާ ލިބިގެންދާ ދެ ޕެކޭޖް ހިމެނެއެވެ.

އެގޮތުން ފުރަތަމަ ޕްލޭނަކީ ފުލް ޕޭމަންޓް ޕްލޭނެވެ. މި ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ގަނެވޭނެއިރު މި ޕެކޭޖްގެ ދަށުން، އެއް އަހަރުގެ މުއްދަތަށް، މަހަކު ތިން ޖިބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.

އުރީދޫއިން ސެމްސަންގް އެސް 8 ފޯނެއް ވިއްކަނީ 12,499 ރުފިޔާއަށެވެ. އަދި ސެމްސަންގް ގެލެކްސީ އެސް 8 އެއް ވިއްކަނީ 13،499 ރުފިޔާއަށެވެ.

ދެން އުރީދޫއިން ތައާރަފްކޮށްފައިވަނީ މަހުންމަހަށް ފައިސާދައްކާ ޕްލޭނެވެ. މަހަކު އެންމެ 900 ރުފިޔާ ދައްކައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ ފޯންތައް ގަތުމަށް 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް އުރީދޫ އިން ވަނީ މިއަދު ފަށާފައެވެ. މި ޕްލޭން ހާއްސަކޮށްފައިވާ، އެންމެ 2،000 ރުފިޔާގެ ޑައުންޕޭމަންޓް އަކާއެކު، ޕޯސްޓްޕެއިޑް 249، 299، 399، 499، 749، 899، 999، 1499 ނުވަތަ 1999 ހިޔާރުކުރާ ކަސްޓަމަރުންނަށެވެ.

މި ޕްލޭން ހިޔާރުކުރާ ފަރާތްތަކަށް ވެސް، އެއް އަހަރުގެ މުއްދަތަށް، މަހަކު ތިން ޖިބީ ޑޭޓާ ހިލޭ ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.