ހަބަރު

އައިޔޫއެމް އިން އާ ކޯސްތަކެއް ފަށަނީ

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ޖުލައި މަހު ގެ ސެމިސްޓާގައި ފެށުމަށް އާ ކޯސްތަކެއް ތައާރަފް ކޮށްފި އެވެ.

އެ ޔުނިވާސިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ މުޅިން އާ 12 ކޯހެއް މިއަންނަ ޖުލައި މަހު ފެށުމަށް ހަމަ ޖެހިފައިވާ ކަމަށެވެ. އަދި ބުނީ މި ކޯސްތަކަކީ ދުނިޔޭގެ ބޮޑެތި ޔުނިވާސިޓީތަކުގެ ފެންވަރާ އެއްވަރަށް ފަރުމާ ކުރެވިގެން ހިންގާ ކޯސްތަކެއް ކަމަށާއި، މި ކޯހުގައި ބައިވެރިވެ ފުރިހަމަ ކުރާ ކުދިންނަށް ހަމަ އެފެންވަރުގެ ސެޓްފިކެޓެއް ވެސް ލިބިގެން ދާނެ ކަމަށެވެ.

މީގެ އިތުރުން މި ކޯސްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ޓީޗަރުންނާއި ރާއްޖޭގައި ވެސް ތަޖުރިބާހުރި އެންމެ އުސްފަތީގެ ބޭފުޅުން ކަމަށް ވެސް އެ ޔުނިވާސިޓީއިން މައުލުމާތު ދެއެވެ. އަދި ޔުނިވާސިޓީގައި ކިޔަވައިދޭ މާއްދާތަކަކީ ވެސް ރާއްޖޭން ބޭރުގެ ބޮޑެތި ޔުނިވާސިޓީތަކުގައި ވެސް ކިޔަވައިދޭ މާއްދާތައް ކަމަށް ވެސް ބުންޏެވެ.

ޔުނިވާސިޓީން މި ކޯސްތައް މިއަދު އިއުލާނު ކޮށްފައިވާއިރު ކޯސްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހާ ހަމަޔަށް ވަނީ އިތުރު ކޮށްފައެވެ. އަދި މި ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައިމަހުގެ ސެމިސްޓާގަ އެވެ.

އިސްލާމިކް ޔުނިވާސިޓީން އަލަށް ތައާރަފް ކުރި ކޯސްތައް

1. މާސްޓާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ލީޑާޝިޕް
2. މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ
3. މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެން ޝަރީއާ ޕޮލިސީ
4. މާސްޓާ އޮފް އާޓްސް އިން ޓީސޯލް (ޓީޗިން އިންގްލިޝް ޓު ސްޕީކް އޮފް އަދަ ލެނގުއޭޖް)
5. މާސްޓާ އޮފް އެޑިޔުކޭޗަން އިން ލީޑާޝިޕް އެންޑް އެޑްމިނިސްޓްރޭޝަން
6. މާސްޓާ އޮފް ފިގުހު އެންޑް އުސޫލުލް ފިގްހު
7. މާސްޓާ އޮފް އާޓްސް އިން ސައިންސް އޮފް ހަދީސް
8. މާސްޓާ އޮފް އާޓްސް އިންގުރުއާނިކް ސައިންސް
9. ބެޗްލާ އޮފް އިމާމްޝިޕް އެންޑް ލޯކަލް ގަވަނަންސް
10. ޑިޕްލޮމާ އިން އިމާމްޝިޕް އެންޑް ލޯކަލް ގަވަނަންސް
11. އެޑްވާނސް ސެޓްފިކެޓް އިން ޓީޗިން
12. އެޑްވާނސް ގުރުއާނިކް ސްޓަޑީސް