ހަބަރު

ރޭ މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަހަމްކޮށްްލައިފި

މާލޭގައި ރޭ ދަންވަރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 12.50 ގައި ބްރޭކްވޯޓާ ރެސްޓޯރެންޓް ކުރިމަތީގައި ހިނގި އެހާދިސާގައި އަނިޔާ ލިބުނީ އުމުރުންް 26 އަހަރުގެ ފިރިހެނަކަށް ކަަމަށެވެ. ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ އޭނާގެ ބުރަކައްޓަށް ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަަމަށް ވެސް ބުންޏެވެ.

ޒަހަމްވީ މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ފުލުހުން މިހާރު އަންނަނީ އެމައްސަަލަ ތަހުގީގު ކުރަމުންނެވެ. އެމައްސަލައިގައި މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ފުލުން އަދި ނުބުނެއެވެ.