ރޯދަމަހާއި ދިމާކޮށް އީވޯ އިން ކުރިއަށް ގެންދިޔަ ރޯދަ ޕްރޮމޯޝަން 2017ގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.
މޭ ދެވަނަ ދުވަހުން ޖޫން މަހުގެ 10އެއްގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮމޯޝަންގައި ތިން އިނާމެއް ހުށަހަޅާފައި ވެއެވެ. އެއީ އެއްވަނަ އިނާމަކަށް ހުށަހަޅާފައިވަނީ ސީމެންސް ބްރޭންޑްގެ ދޮންނަ މެޝިނެކެވެ. އަދި ދެވަނަ އިނާމަކަށް ސިމެންސްގެ ފްރީޒާއެއް ހުށަހެޅިއިރު ތިންވަނަ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ސިމެންސްގެ ގޭސް ކުކަރެކެވެ.
މި ޕްރޮމޯޝަންގެ އެއްވަނަ އިނާމަށް ހުށަހަޅާފައިވާ ސިމެންސް ބްރޭންޑްގެ ދޮންނަ މެށިން ލިބުނީ އައިމިނަތު އިމާނީ އަހުމަދު ނިޔާޒަށެވެ. އަދި ދެވަނަ އިނާމަކަށް ހުށަހަޅާފައިވާ ސިމެންސްގެ ފްރީޒާ ލިބުނީ ޝާރިހު އަށެވެ. އަދި ތިންވަނައަށް ހުށަހެޅި ސިމެންސް ބްރޭންޑްގެ ގޭސް ކުކާ ލިބުނީ ޒަހާ ޒުހޫރަށެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައި ވަނީ އީވޯގެ ހުރިހާ ފަރާތްތަކެއްގަ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދިޔައިރު އެ ފިހާރައިން ގަންނަ ޕްރޮޑަކްޓަކުން 40 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓެއް ދީފައިވާ ކަމަށާއި ގޭގޭގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތްވެސް ހިލޭ ދީފައިވެއެވެ.