ހަބަރު

ފީނަން އުޅެނިކޮށް ޑީކޯ ވި މީހަކު ޝަންގްރިއްލާއަށް ގެންގޮސްފި

އެން ދަމަން ފުޅިއަޅައިގެން ފީނަން އުޅުނު މީހަކު، ޑައިވިން ޑީކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން އެމްއެންޑީއެފް ހެލިކޮޕްޓްރުގައި ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ގެންގޮސްދީފި އެވެ.

ގދ. ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ދިވެހި އެމީހާ މިއަދު ހެނދުނު އައްޑު އަތޮޅު ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ހެލިކޮޕްޓްރުގައި ގެންގޮސްދީފައިވަނީ، އިތުރު އަވަސް ފަރުވާ ބޭނުންވާ ކަމަށް ހޮސްޕިޓަލުން ބުނުމުންނެވެ.

އެމްއެންޑީއެފުން ބުނީ މައުލޫމާތު ލިބިފައިވާގޮތުގައި އެ މީހާ ވަނީ 40 މީޓަރަށް ދެ ފަހަރެއްގެ މަތިން ރޭ ފަތިހު ފީނާފައެވެ.