ހަބަރު

ރާއްޖޭގެ ސަފީރު އޭނާގެ ފަތްކޮޅު ޓްރަމްޕަށް އަރުވައިފި

Jul 22, 2017
4

ރާއްޖޭން އެމެރިކާއަށް ކަނޑައެޅި އާ ސަފީރު ޑރ. ޢަލީ ނަސީރު މުޙައްމަދު އޭނާގެ ސަފީރުކަމުގެ ފަތްކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕަށް އަރުވައިފިއެވެ.

އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ ރާއްޖޭގެ މިޝަނުން ހުކުރު ދުވަހު ބުނީ އާ ސަފީރު އެމެރިކާގެ ރައީިސަަށް ސަފީރުކަމުގެ ފަތްކޮޅު އެރުވީ އެކަމަށް ޓަކައި އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ބޭއްވި ރައްމިއްޔާތެއްގައި ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމު އެމެރިކާއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމުގެ މަގާމަށް ޑރ. ޢަލީ ނަސީރު ހަމަ ޖެއްސެވީ މިހިނގާ ޖުލައިމަހުގެ ނުވަ ވަނަ ދުވަހުއެވެ. އެމަގާމަށް ވަޑައިގެންނެވުމުގެ ކުރިން ޑރ. ޢަލީ ނަސީރު ހުންނެވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީކަމުގެ މަގާމުގައެވެ. އެމަގާމުގައި އޭނާ ހުންނެވީ 2013 ވަނަ އަހަރުން ފެށިގެން މިހިނގާ 2017 ވަނަ އަހަރުގެ ޖުލައިމަހުގެ ނުވަތަ ވަނަ ދުވަހާ ހަމައަށެވެ.

ޑރ. ޢަލީ ނަސީރަކީ ޑިޕްލޮމެޓިކް ދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.