ޑރ. މުހައްމަދު މުއިއްޒު

ޓްރަމްޕަށް ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި

ހަމަލާގައި ޑްނަލްޑް ޓްރަމްޕް ޒަހަމް ވެވަޑައިގެންފަ --
0%
0%
0%

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.

ޓްރަމްޕަށް ބަޑިން ހަމަލާ ދިނީ އޭނާ އެމެރިކާގެ ޕެންސިލްވޭނިއާގައި ކެމްޕޭން އެއްވުމެއްގައި ވާހަަކަދައްކަވަނިކޮށެވެ.

އެ ހަމަލާ ކުށްވެރި ކުރައްވާ ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މައިދާނުގައި އަނިޔާވެރިކަމަށް ޖާގައެއް ނެތް ކަމަށެވެ.

ކޮންމެ ތަނެއްގައި ހިނގާ ހުރިހާ ބާވަތެއްގެ އަނިޔާވެރިކަން ހަރުކަށިކޮށް ކުށްވެރި ކުރައްވާ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޓްރަމްޕަށް އަމާޒުކޮށް ބަޑިން ދިން ހަމަލާގައި ޓްރަމްޕްގެ ކަންފަތް ވަނީ ޒަހަމްވެފަ އެވެ.

މި ހަމަލާ އަމާޒުވީ އެ އެއްވުމުގައި ހުރި ޓްރަމްޕްގެ ސަޕޯޓަރަކަށެވެ. މި ހާދިސާގައި އޭނާ ވަނީ މަރުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910