އެމެރިކާ

އެމެރިކާއަށް އިމްޕޯޓުކުރާ ރާއްޖޭގެ މުދަލުން 10 ޕަސެންޓުގެ ޓެރިފެއް ނަގަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
0%
0%
0%

އެމެރިކާއަށް އިމްޕޯޓްކުރާ ރާއްޖޭގެ އުފެއްދުންތަކުން 10 ޕަސެންޓްގެ ޓެރިފެއް ނަގަން އެ ގައުމުން ނިންމައިފި އެވެ.

އެމެރިކާގެ ވައިޓް ހައުސް އިން ވަނީ އެކި ގައުމުތަކުން އެމެރިކާއަށް އިމްޕޯޓްކުރާ މުދަލުން ނަގާ އާ ޓެރިފް ރޭޓްތައް އާންމުކޮށްފަ އެވެ.

އެ ގޮތުން އާ ޓެރިފް ރޭޓުގައި މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ޓެރިފް ނަގާނެ ކަމަށް އެމެރިކާއިން ވަނީ ހާމަކޮށްފަ އެވެ.

ރާއްޖޭގެ ހިމެނޭ ގޮތަށް 180 އަށްވުރެ ގިނަ ގައުމުން އެމެރިކާއަށް އިމްޕޯޓްކުރާ މުދަލުން ޓެރިފް ނަގާ ރޭޓްތައް އެމެރިކާއިން ވަނީ އާންމުކޮށްފަ އެވެ.

އެމެރިކާއަށް އިމްޕޯޓްކުރާ މުދަލުން ޓެރިފް ނަގަނީ އެ ގައުމުން އެކްސްޕޯޓްކުރާ މުދަލުން ނަގާ ޓެރިފަށް ރައްދު ދިނުމުގެ ގޮތުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910