ލައިފްސްޓައިލް

އިސްތަށިގަނޑު ދޮންނަންވީ ކިހާ އަވަސް އަވަހަކަށް؟

Aug 20, 2017
1

ހިތުގައި ސުވާލެއް އުފެދިއްޖެނަމަ އޭގެ ޖަވާބު ހޯދުމަކީ މިހާރު އުނދަގޫ ކަމެއް ނޫނެވެ. ގޫގުލް ކޮށްލުމުން އެ ސުވާލެއްގެ އެންމެ ފުރިހަމަ ޖަވާބު އޮންނާނީ ލިބިފަ އެވެ. އެންމެ ގިނަ މީހުން މިހާތަނަށް ގޫގުލްގައި އަހާފައިވާ ސުވާލަކީ ބޮލުގެ އިސްތަށިގަނޑު ދޮންނަންވީ ކިހާ އަވަސް އަވަހަކަށް ހެއްޔޭ އެވެ.

އެކަމާ ގުޅޭ ގިނަ ދިރާސާތަކެއް މިހާތަނަށް ހެދި އިރު ނަތީޖާއިން ދައްކާފައިވަނީ އެކައްޗެކެވެ. އެ ސުވާލަށް ސީދާ ވަކި ހާއްސަ ޖަވާބެއް ނެތެވެ. ސިއްހީ މާހިރުން ބުނަނީ އިސްތަށިގަނޑު ދޮންނަންވީ ގޮތާއި މެދު އެއްޗެއް ބުނެވޭނީ އެ އިސްތަށިގަނޑަކީ ކޮން ކަހަލަ އިސްތަށިގަނޑެއްކަން އެނގުނީމަ ކަމަށެވެ.

މިސާލަކަށް ބުޅިކޮށް އަދި ބޯކޮށް އޮންނަ އިސްތަށިގަނޑެއް ނަމަ އެހާ އަވަސް އަވަހަށް ނުދޮވުނަސް އެންމެ ރަނގަޅުވާނެ ކަމަށެވެ. އެހެން ނަމަވެސް ފަންކޮށް ތުނިކޮށް އޮންނަ އިސްތަށިގަނޑެއް ނަމަ އަވަހަށް ދޮންނަން ޖެހޭނެ ކަމަށެވެ.

އަވަސް އަވަހަށް އިސްތަށިގަނޑު ނުވަތަ ބޯ ދޮވުމަކީ ގުދުރަތީ ގޮތުން ބޮލުގެ ތަލައިގައި އުފެދިފައި ހުންނަ ތެޔޮތައް ދޮވެވޭ ކަމެކެވެ. އެ ތެލަކީ އިސްތަށިގަނޑަށް މުހިންމު ތެލެއް ނޫން ކަމަށްވެ އެވެ. އިސްތަށިގަނޑު ފަން މީހުންގެ ބޮލުން އެ ތެޔޮ އިސްތަށިގަނޑަށް ފޯރާ މިންވަރު އިތުރު ކަމަށްވެ އެވެ. އެމީހުން ކޮންމެ ހަފްތާއެއްގައިވެސް ބޯ ދޮންނަން ޖެހޭނެ އެވެ. ކޮންމެ ދުވަހަކުވެސް ރަނގަޅުވާނެ އެވެ.

ގިނައިން ބޯ ދޮންނަނަމަ އިސްތަށިގަނޑުގައި ހުންނަ ތެޔޮކަން ފިލާ އިސްތަށިގަނޑު ރީތި ވާނެ ކަމަށްވެ އެވެ. އަދި އިސްތަށިގަނޑު މާބޮޑަށް ތެޔޮ ވާނަމަ ޑްރައި ޝޭމްޕޫއެއް ބޭނުން ކުރުން ރަނގަޅެވެ.