ލައިފްސްޓައިލް

މޫނުގައި އުނގުޅާ ފައުންޑޭޝަން މާ އަވަހަށް ފިލަނީތަ؟

Aug 23, 2017

އޮފީހަށް ދާން ގެއިން ނުކުންނަނީ ފައުންޑޭޝަން އުނގުޅާ، މޭކަޕްކޮށް އެންމެ ހިންހަމަ ޖެހޭ ވަރަށް ރީތި ވެގެންނެވެ. އެހެން ނަމަވެސް މަގުމަތީގައި ގަދަ ހޫނުގައި ހިނގާފައި ގޮސް ގަޑިއެެއްހާއިރު ވާއިރު ދާހިއްލާ މޫނުގައި އުނގުޅާފައި ހުރި ފައުންޑޭޝަންގެ އަސަރު ފިލަން ފަށަ އެވެ. އެހެންވުމުގެ ސަބަބުން މޫނުގައި އެއް ވަރަކަށް ފައުންޑޭޝަން ނެތި އަލުން ފައުންޑޭޝަން އުނގުޅާ ރީތި ކުރަން ޖެހެ އެވެ. ގިނަ ވަގުތުތަކެއް އެކަމަށް ހޭދަވާތީ އޮފީހުގެ ވަގުތުގައ އެކަމަށް ސަމާލުކަމެއް ނުދެވެ އެވެ.

މޫނުގައި ފައުންޑޭޝަން އުނގުޅުމުގެ ކުރިން މޮއިސްޗުރައިޒާއެއް ބޭނުންކުުރުމަކީ ގިނައިރު ވަންދެން ފައުންޑޭޝަންގެ އަސަރު އެންމެ ފުރިހަމައަށް މޫނުގައި ހުންނާނެ ކަމެކެވެ. މޫނުގެ ހަނގަނޑުގައި ހުންނަ ލޯވަޅުތައް ބެދި އެއް ލޭޔާއެއްގެ މަތީގައި ފައުންޑޭޝަން އުނގުޅުމުން ގިނައިރު ހުންނާނެ އެވެ. ހާއްސަކޮށް ޑްރައި ހަންގަނޑެއް ހުންނަނަމަ އެވެ.

ގިނައިރު ވަންދެން ފައުންޑޭޝަން ބަހައްޓަން ބޭނުންނަމަ ފިއްސެއް ބޭނުންކުުރުން މުހިންމެވެ. އަތުން އުނގުޅުމުގެ ބަދަލުގައި ފިހި ބޭނުން ކުުރުމުން ރީތިކޮށް މޫނުގައި އުނގުޅި އެއްވަރަކަށް ހުންނާނެ އެވެ. ފައުންޑޭޝަން އުނގުޅުމަށްފަހު ހަނދާންކޮށް ފުށް ޖަހަން ވާނެ އެވެ. ފުށް ޖަހަންވެސް އެންމެ ރަނގަޅީ ފިއްސެއް ބޭނުންކުރިއްޔާ އެވެ.

ފައުންޑޭޝަން ގިނައިރު ބަހައްޓަން ބޭނުން ނަމަ ފޭސް މިސްޓެއް ނުވަތަ މޭކަޕް ސްޕްރޭއެއްވެސް ބޭނުންކުރެވިދާނެ އެވެ. ފޭސް މިސްޓް ބޭނުންކުުރުމުން ޑިއުވީ ލުކެއްގެ އިތުރުން ދާހިއްލުމުގެ ސަބަބުން ފައުންޑޭޝަންތައް އެއްވަރެއްގައި ހުރުމަށް އެހީތެރިވެދޭނެ އެވެ.