ބޮލީވުޑް

ކޭންއަށް ދިޔައީ ރީތިވުމުގެ އުސޫލުތައް އަލުން ކަނޑައަޅަން: އަދިތީ

ބޮލީވުޑްގެ އުއްމީދީ ބަތަލާ އަދިތީ ރާއޯ ހައިދަރީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާ އެންމެ ފަހުގެ ކޭން ފިލްމް ފެސްޓިވަލަށް ދިޔަ ސަބަބު ހާމަކޮށްފި އެވެ.

އަދިތީ ރާއޯގެ އިންޓަވިއުގައި އޭނާ ބުނީ ކޭން ފިލްމް ފެސްޓިވަލަށް ދިޔައީ މުހިއްމު މަގުސަދެއްގައި ކަމަށެވެ. މުޖުތަމައުން ކަނޑައަޅާ "ބިއުޓީ ސްޓެންޑާޑްސް" ބަދަލުކުރަން ކަމަށެވެ.

ފްރެންޗް ކޮސްމެޓިކް ލޭބަލް "ލޯރެއަލް ޕެރިސް"ގެ ބްރޭންޑް އެމްބެސެޑަރުގެ ގޮތުގައި އެ ފެސްޓިވަލަށް ދިޔަ އަދިތީ ބުނެފައިވަނީ އޭނާގެ ތަޖުރިބާތަކަށް ބަލާލާއިރު، އަމިއްލަ ނަފްސާ މެދު އޮތް ކުޑަ އިތުބާރާއި ބަލައިގަތުން އޭނާގެ ހަނދާނަށް އަންނަ ކަމަށެވެ.

"އަހަރެންގެ ހާއްސަކަން އަހަރެން އަމިއްލައަށް ގަބޫލުކުރަން. އެހެން މީހުންނެކޭ އެއްފަދައިން އަހަރެންނަށް ވެސް އަމިއްލަ ނަފްސަށް ޝައްކު ކުރެވޭ ވަގުތުތަކާއި، އަމިއްލަ ގޮންޖެހުނަތަކާ ކުރިމަތިލާން ޖެހުން،" މިކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން އަދިތީ ބުނެ އެވެ.

އޭނާ ބުނީ އަމިއްލަ އަގު ވަޒަންކުރުމާއި، އެމީހެއްގެ އަޑު އުފުލުމުގެ ބާރަކި ވަރަށް ވަރުގަދަ އެއްޗެއް ކަމަށެވެ. ކޭން ފިލްމް ފެސްޓިވަލްގައި އޭނާ ބައިވެރިވުމުގެ ސަބަބުން އެހެން އަންހެންނުންނަށް ވެސް އެމީހުން ދެކެމުން އަންނަ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ހިތްވަރަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ބުންޏެވެ.

އިންޑިއާގެ ފިލްމީ ތަރިއެއްގެ ހައިސިއްޔަތުނާއި ބްރޭންޑުގެ ސްޕޯކްސްޕާސަންއެއްގެ ގޮތުގައި އޭނާ މި ފުރުސަތު ދެކުނީ "ބިއުޓީ ސްޓެންޑާޑްސް" އަލުން ކަނޑައެޅުމަށާއި ދުނިޔޭގެ ފެންވަރުގައި އިންކްލޫސިވިޓީ ފާހަގަކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި ކަމަށްވެސް ބުންޏެވެ.

އަދިތީ ބުނީ އޭނާއަކީ ތަފާތު މީހެއް ކަމަށް އަމިއްލައަށްވެސް ގަބޫލުކުރާ ކަމަށެވެ. އަދި އަމިއްލަ ކޮންފިޑެންސް މަތި ކުރެވޭނީ އެގޮތަށް އަމަލު ކޮށްގެން ކަމަށްވެސް ބުންޏެވެ.

އަދިތީ ބުނީ އެނާވެސް ބައެއް ހާލަތްތަކުގައި މުޖުތަމައުން ބުނާ ވަކި ގޮތަކަށް ނުވަތަ ރީތި ކަމަށް މީހުން ބަލައިގަންނަ ވަކި ބައްޓަމަކަށް ހުރުމަށް "ޕްރެޝާ" އިހްސާސް ކުރެވުނު ކަމަށެވެ. ނަމަވެސް ކޮންމެ މީހަކީވެސް ތަފާތު މީހެއް ކަމަށާއި، އަމިއްލަ ބިއުޓީ ނުވަތަ ރީތިކަން ކޮންމެ މީހަކު ވެސް ބަލައިގަނެ، އަމިއްލަ ނަފްސު ދެކެ ލޯބިވުމަކީ ވަރަށް މުހިއްމު ކަން އޭނާ ދިރިޅުމުގައި ކުރި ދަތުރުން ދަސްވި ކަމަށްވެސް ބުންޏެވެ.