ދުނިޔެ

ބްރިޖާއެކު ޖަމްރާތަކަށް ހިލަ އުކަން މިހާރު ފަސޭހަވާނެ

ޖަމްރާ ބްރިޖް. ފޮޓޯ: ސައުދީ ގެޒެޓްް
0%
0%
0%

ޖަމްރާއަށް ހިލަ އުކުމުގެ ތެރޭގައި 2015 ވަނަ އަހަރު ހިނގި ފަދަ ހިތާމަވެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށް އެ ސަރަހައްްދުގައި ބްރިޖެއް ބިނާކޮށް، ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިފި އެވެ.

ސައުދީ އޮފިޝަލުންނާ ހަވާލާދީ ސައުދީ ގެޒެޓް ނޫހުން ބުނީ ދިގު މިނުގައި 950 މީޓަރު އަދި ފުޅާމިނުގައި 80 މީޓަރު ހުންނަ ބްރިޖް ބިނާކޮށްފައި ވަނީ ހަތަރު ބުރިއަށް ކަަމަށެވެ. އެ ބްރިޖުން ޖަމްރާގެ ކައިރިއަށް ދާ މީހުންނާއި ހިލަ އުކާފައި އަންނަ މީހުންނާ ދިމާ ނުވާނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ބްރިޖަށް ވަނުމަށް ފަސް ދޮރާށްޓެއް ހުންނަ އިރު އެއިން ކޮންމެ ދޮރާށްޓެއް ހާއްސަކޮށްފައި ވަނީ ވަކި މަގަކުން އަންނަ މީހުން ވަނުމަށެވެ. އެހެންވެ، އެކި މަަގުތަކުން އަންނަ މީހުން އެއްތަންވެ، ފިތި ބާރު ވެގެން ހާދިސާއެއް ހިނގުމުގެ ނުރައްކާ މިހާރު ކުޑަވާނެ އެވެ.

ބްރިޖްގައިވާ ފަސޭހަތަކުގެ އިތުރުނ ސަލާމަތީ ކަންްތައްތަކަށް ވެސް ވަނީ ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސާފަ އެެވެ. އެގޮތުން އިމަޖެެންސީ ހާލަތުގައި މީހުން އުފުމަށް ބޭނުންކުރާ ހެލިކޮޕްޓަރުތައް ތިރިކުރާނެ ތަންތަން ވެސް ބްރިޖްގައި ގާއިމްކޮށްފައި ވެއެވެ.

ޖަމްރާއަށް ހިލައުކުމުގެ ތެރޭގައި 2015 ވަނަ އަހަރު ހިނގި ފިތި ބާރުވުމުގެ ހާދިސާގައި 2000 މީހުން މަރުވި އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް އެހެން ގައުމުތަކުން 1.7 މިލިޔަން މީހުން އަދި ސައުދީގެ 200000 މީހުން ދިޔައެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާރު ތިބީ އަރަފާތު ބިމުގަ އެވެ. އަދި އަނެއްބައި މީހުން އުޅެނީ އަރަފާތަށް ދިއުމުގެ ދަތުރުގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910