ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ހައްޖަށް ދާން ކުރާ ހޭދަ މި ދައުރުގައި ކުޑަ ކުރެވޭނެ: ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
0%
0%
0%

ހައްޖަށް ދިޔުމަށް ކުރާ ހޭދަ މި ދައުރުގެ ތެރޭގައި ކުޑަ ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އާންމު ރައްޔިތުން ވަޒީރުންނާ ސުވާލުކުރުމަށް ކުރިއަށް ގެންދާ "އަހާ"ގެ ހަތަރުވަނަ ފޯރަމުގައި ޝަހީމް ވިދާޅުވީ މިކަމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމުންތަކާއެކު އަންނަ އަހަރު ބައެއް ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޝަހީމް ވިދާޅުވީ ހައްޖުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި އެގޮތުން ހައްޖަށް މީހުން ގެންދިޔުމުގެ އަގު ކުޑަކުރުމަށް ހައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ހައްޖު ކިޔުގައި 9،000 މީހުން ތިބިކަން ފާހަގަކުރައްވާ ޝަހީމް ވަނީ އަންނަ އަހަރުން ފެށިގެން ކިޔުއަށް ބައެއް ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން އުމުރުން ދުވަސްވީ މީހުންނާއި، ހާއްސަ ހާލަތްތައް މެދުވެރިވެފައިވާ މީހުންނަށް އަންނަ އަހަރުން ފެށިގެން ލުއިތަކެއް ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910