ހައްޖުގެ އަޅުކަން

ހައްޖުވެރިން މާދަމާ ރާއްޖެ އަންނަން ފަށަނީ

ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ހައްޖުވެރިން މާދަމާ ރާއްޖެ އަންނަން ފަށާނެ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް (އެމްއެޗްސީއެލް) އިން ބުނެފި އެވެ.

ރާއްޖެއަށް މިއަހަރު ހައްޖު ކޯޓާގެ ގޮތުގައި ލިބުނީ 1،150 ކޯޓާ އެވެ. މި ހުރިހާ ކޯޓާއެއްވެސް ސަރުކާރުން ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ އެކަކު ވަނީ ނިޔާވެފަ އެވެ.

މީގެ އިތުރުން ހައްޖަށް ދިއުމުގެ ތަނަވަސްކަން ނެތް ނިކަމެތިން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން 50 މީހުން މި އަހަރު ވަނީ ހައްޖަށް ގޮސްފަ އެވެ.

ހައްޖުވެރިން ރާއްޖެ އަންނަ ދުވަސްތައް

  • 24 ޖޫން
  • 28 ޖޫން
  • 01 ޖުލައި
  • 04 ޖުލައި

ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ހައްޖުވެރިން މާދަމާ ރާއްޖެ އަންނަން ފަށާއިރު ރާއްޖެއިން ކުރިއަށް ގެންދިޔަ ހައްޖުގެ އޮަޕަރޭޝަން ކާމިޔާބު ކަމަށާއި ރަނގަޅު ކުރަން ހުރި ކަންކަން ކުރިއަށް އޮތް އަހަރު ރަނގަޅު ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ.