ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ސަރުކާރުން ހައްޖަށް ފޮނުވާ 50 މީހުން މާދަމާ ފުރަނީ

ރާއްޖެއިން މިއަހަރު ހައްޖަށް ދާ ބައެއް މީހުން
0%
0%
0%

ސަރުކާރުން ހައްޖަށް ގެންދިއުމަށް ނިންމާފައިވާ މީހުން މާދަމާ ފުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ސަރުކާރުގެ ހަރަދުގައި މިއަހަރު ހައްޖަށް ގެންދާ މީހުންގެ ފުރަތަމަ ގުރޫޕްގައި ހިމެނޭ 50 މީހުން މާދަމާގެ ވަގުތެއްގައި ހައްޖަށް ފުރާނެ ކަމަށެވެ.

ހައްޖަށް ދިއުމުގެ މާލީ ތަނަވަސްކަން ނެތް 1،000 މީހަކު ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ހައްޖަށް ގެންދިއުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރާއްޖެއަށް މިއަހަރު ހައްޖު ކޯޓާގެ ގޮތުގައި ލިބިފައިވަނީ 1،000 ކޯޓާ އެވެ. މި ހުރިހާ ކޯޓާއެއް ސަރުކާރުން ދީފައިވަނީ ސަރުކާރުގެ 100 ޕަސަންޓް ހިއްސާ އޮތް ހައްޖު ކޯޕަރޭޝަނަށެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ މީހުން ފުރަން ފެށީ މިމަހުގެ ތިންވަނަ ދުވަހު އެވެ. ފަހު ގުރޫޕް މާދަމާ ހައްޖަށް ފުރާނެ އެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ މިމަހުގެ 16 ވާ އާދިއްތަ ދުވަހެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910