އިސްލާމިކް މިނިސްޓްރީ

ހައްޖާއި އުމްރާއާ ގުޅޭ ފުރަތަމަ ކޮންފަރެންސް މިމަހު ބާއްވަނީ

މިއަހަރު ހައްޖަށް ދިޔަ ބައެއް މީހުން -- ފޮޓޯ: އަވަސް
0%
0%
0%

ހައްޖާއި އުމްރާއާއި ގުޅޭގޮތުން ބާއްވާ ފުރަތަމަ ކޮންފަރެންސް މި މަހު ފަހުކޮޅު ބޭއްވުމަށް ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ހައްޖާއި އުމްރާއާ ބެހޭ ކޮންފަރެންސް މި މަހު 31 ގައި އޮންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ކޮންފަރެންސަކީ ހައްޖާއި އުމްރާއަށް ދާ މީހުންނަށް ހާއްސަ ހިދުމަތްދޭ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ކޮންފަރެންސެއް ކަމަށާއި އޭގެ މަގްސަދަކީ ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުން ކަމަށެވެ.

ރާއްޖޭގައި ހައްޖާއި އުމްރާއަށް ދާ ގިނަ މީހުން ގެންދަނީ ހައްޖު ކޯޕަރޭޝަންގެ ދަށުންނެވެ. ނަމަވެސް އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ދަތުރުކުރާ މީހުންވެސް މަދެއް ނޫނެެވެ.

އަމިއްލަ ކުންފުނިތަކާއެކު ދަތުރުކުރާ މީހުންނަށް މީގެ ކުރިން އެކި ފަހަރުމަތިން ވަނީ ތަފާތު ގެއްލުންތައް ލިބި، ނުރައްކާތެރި ހާދިސާތަކާ ކުރިމަތިލާން ޖެހިފަ އެވެ.

މިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅުގައި ސައުދީ އަރަބިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާ، ރާއްޖޭގެ ހައްޖު ކޯޓާ އިތުރުކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910