ހަބަރު

މަޑުއްވަރީން މީހަކު ގެއްލިގެން ހޯދަނީ

މ. މަޑުއްވަރީން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. ގެއްލިގެން ހޯދަމުން ދަނީ އުމުރުން 60 އަހަރުން މަތިވެފައިވާ ފިރިހެނެކެވެ.

އެމްއެންޑީއެފުން ބުނީ މަޑުއްވަރިން ގެއްލުނު އެ މީހާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 9:30 ކަންހާއިރު ކަމަށާއި އެއީ އެ ރަށު ގުލްޝަންގޭ، އިބްރާހިމް ކިޔާ މީހެއް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ މީހާ ގެއްލުނީ މިއަދު ހެނދުނު މޫދަށް ގޮސް އުޅެނިކޮށް ކަމަށާއި އެންމެފަހުން އޭނާ ފެނިފައިވަނީ އެރަށު ފުއްޓަރު ފަރާތު ގޮނޑުދޮށުން ހެނދުނު 7:30 އެހާކަންހާއިރު ފައިގައި ވެލިމޮޑެން އިންދާ އެވެ.

އެ މީހާ އޭރު ލައިގެން އިން މުންޑު އެރަށު ހުޅަނގު ފަރާތު މޫދުން އާއިލާގެ މީހަކަށް ފެނިފައިވާ ކަމަށްވެ އެވެ. އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ކޯސްޓްގާޑުން މިހާރު ދަނީ ކުރަމުންނެވެ.

މިިދޔަ ޖުލައި މަހު ފުވައްމަލު ސިޓީއިން ވެސް މީހަކު ގެއްލިފައިވެ އެވެ. އެމީހާ އަދިވެސް ނުފެނެ އެވެ.