އޮޑިޓާ ޖެނެރަލް އޮފީސް

އައިސީއޭއެމްގެ ސީއީއޯގެ މަގާމަށް އަންވަރު

އައިސީއޭއެމް)ގެ ސީއީއޯގެ މަގާމަށް އިބްރާހިމް އަންވަރު
0%
0%
0%

އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް)ގެ ސީއީއޯގެ މަގާމަށް އިބްރާހިމް އަންވަރު އައްޔަންކުރައްވައިފި އެވެ.

އަންވަރަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގައި އެކައުންޓިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހަމަ އެދާއިރާ އިން އޭނާ މާސްޓާސް ހާސިލްކުރެއްވީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަސިޓީންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަންވަރު ހުންނެވީ އައިލޭންޑްސް ބެވަރޭޖަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ގައެވެ. ހަމަ އެ ދުވަސްވަރު އޭނާ ވަނީ މާލެ ވޯޓަ އެންޑް ސެވަރޭޖް ކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ.

އަންވަރު ކުރިން ވަނީ އައިލޭންޑާސް ގްރޫޕްގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމާއި މާލޭ ވޯޓަ އެންޑް ސްވަރޭޖް ކުންފުނީގެ އޮޑިޓް އެންޑް ރެމިއުނަރޭޝަން ކޮމިޓީގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވާފަ އެވެ.

ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން މިދިޔަ ސަރުކާރުގައި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އުފެއްދެވީ ސެޕްޓެމްބަރު 8، 2020 ގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910