އޮޑިޓާ ޖެނެރަލް އޮފީސް

އޮޑިޓް އޮފީހަށް 112 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

އޮޑިޓާ ޖެނަރަލް ހަސަން ނިޔާޒީ މާލިއްޔަތު ކޮމިޓީގައި -- ފޮޓޯ: އަވަސް
0%
0%
0%

އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާ ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން ބަޖެޓް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެންބަރުންގެ އިއްތިފާގުންނެވެ.

އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ޖިލީހަށް ހުށަހެޅީ 99.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 80.4 މިލިއަން ރުފިޔާ އާއި ހުޅުމާލޭގައި ހަދާ އެ އޮފީހުގެ އާ އިމާރާތުގެ މަސައްކަތަށް 19 މިލިއަން ރުފިޔާ އެވެ.

އޮޑިޓް އޮފީހުން ހުށަހެޅީ 99.5 މިލިއަން ރުފިޔާ ހޯދަން ކަމަށްވީ ނަމަވެސް މަޖިލީހުން މިއަދު އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކުރީ އެ އޮފީހުން ހުށަހެޅި އަދަދަށް ވުރެ 14.5 މިލިއަން ރުފިޔާ ބޮޑުކުރުމަށްފަހު އެެވެ. މިއީ އާންމު ގޮތެއްގައި އޮޑިޓް އޮފީސް ކަހަލަ މިނިވަން މުއައްސަސާތަކުން ބަޖެޓް ބޮޑުކޮށްދިނުމަށް މަޖިލީހުގައި ތަކުރާރުކޮށް އެދެމުން ދިޔަ ނަމަވެސް މިފަހުގެ އަހަރުތަކުގައި މަޖިލީހުން ކޮށްދެމުން ދިޔަ ކަމެއް ނޫން ކަމަށެވެ.

އޮޑިޓާ ޖެނަރަލް އޮފީހުގެ ބަޖެޓް ދިރާސާކުރި މާލިއްޔަތު ކޮމިޓީގެ މެންބަރުން -- ފޮޓޯ: އަވަސް

އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓް މައިގަނޑު ގޮތެއްގައި ބޮޑުވީ އެ އޮފީހުގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރާތީ އާއި ހުޅުމާލޭގައި އަޅަން ނިންމާފައިވާ އޮޑިޓް އޮފީހުގެ އާ އިމާރާތަށް ފައިސާ ހަމަޖެއްސުމުންނެވެ. އޮޑިޓް އޮފީހުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ މެދު މަޖިލީހުން ފިނޭންސް މިނިސްޓްރީން ލަފައަކަށް އެދުމުން މުސާރަ ބޮޑުކުރަން އެ މިނިސްޓްރީން ލަފާ ދީފައެއް ނުވެ އެވެ. ނަމަވެސް އޮޑިޓް އޮފީހުގެ ބަޖެޓް ދިރާސާ ކުރި މާލިއްޔަތު ކޮމިޓީން ވަނީ ފިނޭންސް މިނިސްޓްރީގެ ލަފައާއި އެއްގޮތަށް މުސާރައިގެ މައްސަލައިގައި އަމަލުކުރަން ނުފެންނަ ކަމަށް ނިންމާފަ އެވެ. އެކަމަކު އޮޑިޓް އޮފީހުގެ އާ އިމާރާތް އެޅުމަށް 19 މިލިއަން ރުފިޔާގެ ބަދަލުގައި 34 މިލިއަން ރުފިޔާއަށް އެ އަދަދު ބޮޑުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ދިން ލަފާ ކޮމިޓީން ބަލައިގެންފައިވެ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްދިނީ 112.27 މިލިއަން ރުފިޔާ އެވެ. އެއީ ރިކަރަންޓް ހަރަދަށް 61 މިލިއަން ރުފިޔާ އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ގޮތުގައި 32.4 މިލިއަން ރުފިޔާ އެވެ.

އޮޑިޓް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓުގެ ކުރިން ފާސްކުރަންޖެހޭ ގޮތަށް ހަމަޖެހިފައި އޮންނަ ބަޖެޓެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910