ކުޅިވަރު

ޗައިނާއިން ޔޫތު މިނިސްޓްރީއަށް 22،000 ޑޮލަރު ދީފި

Sep 19, 2017
2

ރާއްޖޭގެ ހުންނަ ޗައިނާގެ އެމްބަސީން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއަށް 22،000 އަށްވުރެ ގިނަ ޑޮލަރުގެ ފައިސާ އެހީ ފޯރު ކޮށްދީފި އެވެ.

މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި، ރަސްމިއްޔާތުގައި ވަނީ ޖުމުލަ 22700 ޑޮލަރު (350000 ދިވެހި ރުފިޔާ) ގެ ހިލޭ އެހީގެ ޗެކް ހަދިޔާ ކޮށްފަ އެވެ.

މި ރަސްމިއްޔަތުގައި، ރަމްޒީ ޗެކް، ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްއާ ހަވާލު ކޮށްދެއްވީ ޗައިނާއިން ރާއްޖެ އަށް ދާދި ފަހުން ކަނޑައެޅި އާ ސަފީރު، ޒަންގް ލިޒޯންގް އެވެ.

ރަމްޒީ ޗެކް ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި، ސަފީރު ލިޒޯންގް ވިދާޅުވީ، ޗައިނާގެ އެމެބަސީން ރާއްޖޭގެ ޔޫތު މިނިސްޓްރީއަށް ފައިސާގެ އެހީއެއް ހަވާލު ކުރުމަކީ ދެ ގައުމުގެ މެދުގައި އޮތް އެކުވެރިކަމުގެ ރަމްޒެއް ކަމަށެވެ. އަދި ޔޫތު މިނިސްޓްރީއަށް ފައިސާގެ އެހީ އެއް ހަވާލު ކޮށްދެއްވުމަކީ ޗައިނާގެ ސަފީރުގެ ހައްސިއްޔަތުން އޭނާ އަށް ލިބިގެންދާ އުފަލެއް ކަމަށެވެ.