ހަބަރު

އިންޑިއާގައި ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާ ފެނިއްޖެ

އިންޑިއާގެ ޓްރިވެންޑްރަމަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާ ފެނިއްޖެ އެވެ.

ޓްރިވަންޑްރަމްގައި ހުންނަ ދިވެހި ރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސުލް އަލީ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓްރިވެންޑްރަމަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ސ. ހިތަދޫ 87 އަހަރުގެ އަބްދުﷲ މަނިކުފާނު ފެނިފައިވާ ކަމަށާއި ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އަބްދުﷲ މަނިކުފާނު ގެއްލިގެން އާއިލާގެ ފަރާތުން ކޮންސިއުލޭޓްގައި ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނެވެ. އޭނާ އިންޑިއާ ގޮސްފައިވަނީ އޭނާގެ އަނބިމީހާ އަދި ދަރިފުޅާއެކު ކަމަށް މައުލޫމާތު ލިބެ އެވެ.