އާރްޑީސީ

އާރްޑީސީގެ މައްސަލަ: ތިން ތަނެއް ބަލައި ފާސްކޮށްފި

އާރްޑީސީގެ ތަހުގީގަށް ފުލުހުން ތަނަކަށް ވަދެ ބަލައި ފާސްކުރަނީ
0%
0%
0%

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އެކައުންޓަކުން ބައެއް މީހުންގެ އެކައުންޓްތަކަށް ނަހަމަ ގޮތުގައި ފައިސާ ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކޮށް ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގައި ތިން ތަނެއް ބަލައި ފާސްކޮށްފި އެވެ.

ފުލުހުން ރޭ މެންދަމުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ވަދެ ބަލައި ފާސްކޮށްފައިވަނީ އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ދިރިއުޅޭ ގެއާއި، އާރްޑީސީގެ ކުރީގެ ސީއެފްއޯ ޔާސިރު ހަސަން އަށް ނިސްބަތްވާ ދެ ތަނެކެވެ.

ފުލުހުން ބެލި ތަންތަނުގައި ހުރި އިލެކްޓްރޯނިކް ސާމާނުތައް ވަނީ ފުލުހުން ގެންގޮސްފަ އެވެ.

އާރްޑީސީގެ ހިޔާނާތުގެ މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ފުލުހުން މިމައްސަލަ ބަލަން ފެށީ އާރްޑީސީގެ އެކައުންޓުން ތިން މީހެއްގެ އެކައުންޓަށް 14 މިލިއަން ރުފިޔާ ގާނޫނާއި ގަވައިދުތަކާ ހިލާފަށް ޖަމާކޮށްފައިވާ ކަމަށް ބެލެވޭތީ އެވެ.

މައްސަލައިގެ ތަހުގީގަށް ފުލުހުން އެންމެ ފުރަތަމަ އާރްޑީސީ އަށް ވަނީ މިދިޔަ ރިޔާސީ އިންތިހާބު ނިމުނު ފަހުން ނޮވެމްބަރު 14، 2023 ގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345