އާރްޑީސީ

މޫކޭއާއި ޔާސިރުގެ ޕާސްޕޯޓް ހިފަހައްޓައިފި

އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) -- ފޮޓޯ: އަވަސް
0%
0%
0%

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު އާރްޑީސީގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތުގެ ތަހުގީގާ ގުޅިގެން އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި އެ ކުންފުނީގެ އޭރުގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަން ފުރުން މަނާކޮށްފި އެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މޫކޭ އާއި ޔާސިރު ފުރުން މަނާ ކުރުމުގެ އަމުރު ނެރެފައިވާތީ އެ ދެ ބޭފުޅުންނަށް އެކަން އެންގުމަށްފަހު ފުރުން މަނާކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ތަހުގީގުގެ ބޭނުމަށް މޫކޭ އާއި ޔާސިރުގެ ޕާސްޕޯޓް ހިފެހެއްޓިއިރު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ފުލުހުން ވަނީ ކުއްލި ގޮތަކަށް މޫކޭ އާއި ޔާސިރު ދިރިއުޅޭ އަދި އެ މީހުންނާ ގުޅުންހުރި ތިން ތަނަކަށް ވަދެ ބަލައި ފާސްކޮށްފަ އެވެ. އަދި އެ މީހުންގެ އިލެކްޓްރޯނިކް ވަސީލަތްތައްވެސް ވަނީ ހިފަހައްޓާފަ އެވެ.

އާރްޑީސީގެ ހިޔާނާތުގެ މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ފުލުހުން މިމައްސަލަ ބަލަން ފެށީ އާރްޑީސީގެ އެކައުންޓުން ތިން މީހެއްގެ އެކައުންޓަށް 14 މިލިއަން ރުފިޔާ ގާނޫނާއި ގަވައިދުތަކާ ހިލާފަށް ޖަމާކޮށްފައިވާ ކަމަށް ބެލެވޭތީ އެވެ.

މައްސަލައިގެ ތަހުގީގަށް ފުލުހުން އެންމެ ފުރަތަމަ އާރްޑީސީ އަށް ވަނީ މިދިޔަ ރިޔާސީ އިންތިހާބު ނިމުނު ފަހުން ނޮވެމްބަރު 14، 2023 ގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345