އޭސީސީ

ޕޮލްކޯގެ އޮފީހަށް އަނެއްކާވެސް އޭސީސީގެ ޓީމެއް ވަދެއްޖެ

0%
0%
0%

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ފުލުހުންނަށް ހާއްސަކޮށްގެން ހަދާފައިވާ ހައުސިން ޔުނިޓްތައް -- ބްލޫސް ހައުސިން ޕްރޮޖެކްޓް މަޝްރޫއު ކުރިއަށް ގެންދިއުމުގައި ކޮރަޕްޝަން އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ޓީމެއް ފުލުހުންގެ ޕޮލްކޯ އޮފީހަށް އަނެއްކާވެސް ވަދެއްޖެ އެވެ.

އޭސީސީގެ ތަހުގީގު ޓީމުން ކޯޓު އަމުރަކާ އެކު މިމަހުގެ ތިންވަނަ ދުވަހު ހަވީރުގެ ވަގުތެއްގައިވެސް ފުލުހުންގެ އިސްކަންދަރުކޮށްދީގައި ހުންނަ ޕޮލްކޯ އޮފީހަށް ވަދެފައިވެ އެވެ.

އޭސީސީގެ ޓީމެއް މިއަދު މެންދުރުފަހު އަނެއްކާވެސް ޕޮލްކާގެ އޮފީހަށް ވަދެފައިވަނީ މައްސަލައާއި ގުޅޭ ލިޔުންތަކެއް ހޯދައި އެ ލިޔުންތައް ގެންދިއުމަށް ކަމަށް އެނގިފައިވެ އެވެ.

ޕޮލްކޯ އޮފީހަށް އޭސީސީގެ ތަހުގީގު ޓީމެއް ތަކުރާރުކޮށް ވަދެފައިވީ ނަމަވެސް އެކަމުގެ ތަފްސީލް އޭސީސީއާއި ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

އޮޑިޓާ ޖެނަރަލް މިދިޔަ މަހު ނެރުނު އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ފުލުހުންގެ ފްލެޓްތައް އިމާރާތް ކުރުމަށް މިހާތަނަށް އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެއީ 355 މިލިއަން ރުފިޔާގެ ގެއްލުން މިހާރުވެސް ލިބިފައިވާ މަޝްރޫއެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ޕޮލިސް ފްލެޓްތައް ނިންމަން އެއްބަސްވުމަށް ބަދަލުތައް ގެނެސް އެކި ކޮންޓްރެކްޓަރުންނަށް މަސައްކަތް ހަވާލުކޮށް ކޮންޓްރެކްޓަރުން ނިންމާ މަސައްކަތަށް ފައިސާ ދިނުމުގެ ބަދަލުގައި ކޮންމެ ކޮންޓްރެކްޓަރަކަށް ފައިސާ ދީފައިވަނީ ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށެވެ.

އެހެންވެ އެ މައްސަލަތައް އޭސީސީއާއި ކަމާ ގުޅޭ އިދާރާތަކުން ބަލައި މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނަރަލްގެ ރިޕޯޓްގައިވެސް ލަފާ ދީފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345