ފައްޔާޒް އިސްމާއީލް

އާރްޑީސީގެ ހިޔާނާތް: ފައްޔާޒު ފުލުހަށް ހާޒިރުވާން އަންގައިފި

އާރްޑީސީގެ ހިޔާނާތް ހިންގިއިރު މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މޫސާ އަލިމަނިކު (މޫކޭ)އާއި އެކު ފައްޔާޒު އިސްމާއީލް -- ފޮޓޯ: އަވަސް
50%
0%
50%

އާރްޑީސީގެ ހިޔާނާތާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ޗިޓް ފޮނުވައިފި އެވެ.

ފުލުހަށް ހާޒިރުވާން ފައްޔާޒަށް އަންގާފައިވަނީ މާދަމާ މެންދުރުފަހު 3:00 އަށެވެ.

ޗިޓްގައިވާ ގޮތުން ފައްޔާޒު ފުލުހަށް ހާޒިރުކުރަނީ އާރްޑީސީއަށް ލިބޭ ފައިސާ އެ ކުންފުނީގެ ވެރިންނާއި އާރްޑީސީއާ ގުޅުން އޮންނަ މީހުންނާއި ކުންފުނިތަކަށް ދޫކޮށް، އާރްޑީސީގެ ފައިސާއަށް ހިޔާނަތްތެރިވެފައިވާ މައްސަލައިގައި އެ ކުންފުނިން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒު އިސްމާއީލް އަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތުކުރެވޭތީ ސުވާލުކުރުމަށެވެ.

ފުލުހަށް ހާޒިރުވުމަށް އެންގުމުން ފައްޔާޒު ވިދާޅުވީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ މިސަރުކާރުން މިވަނީ ފަށާފައި ކަމަށެވެ.

އާރުޑީސީ އިން ހިޔާނާތެއް ވެއްޖެ ކަމަށް ބުނެ ބަލާ މައްސަލަ އަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން. އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭ ފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ދަންނަވަން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ސިޔާސީ ސަބަބަކަށްޓަކައި ފުލުހުން ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. ސިޔާސީ ކެމްޕޭންތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރާ ކަމަށް ތުހުމަތުކުރައްވާ އެކަން ހުއްޓާލުމަށް ފައްޔާޒު ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.

ފުލުހުން މީގެކުރިން ހާމާކުރި މައުލޫމާތުގައި ބުނެފައިވަނީ ނިމިދިޔަ ސަރުކާރުގައި އާރްޑީސީގެ ހިޔާނާތް ހިންގިއިރު އެކަމުގައި ސަރުކާރުގެ ގިނަ މުވައްޒަފުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް ތިން މީހެއްގެ ބައިވެރިވުން އޮތްކަން ޔަގީން ކުރެވޭ ކަމަށެވެ. މި ތިން މީހުންގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ އަދި އިތުރު ދެ މީހުންގެ ތެރެއިން ކޮންމެ މީހެއްގެ އެކައުންޓަށް އެއް މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345