ހަބަރު

ކުޑަވިލިނގިލި ފަރަށް އެރި ދޯންޏެއް ފުންކޮށްފި

ކ. ކުޑަވިލިނގިލި ނެރު ކައިރިއަށް ފަރަށް އެރި ދޯންޏެއް ފުލުހުންގެ އެހީތެރިކަމާއެކު ފުން ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރަކު ވިދާޅުވީ، ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 11:30 ހާއިރު ކަމަށާއި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި ދޯނި ފުން ކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތުންނާއި ފަޅުވެރިންގެ އިތުރުން ފުލުހުން ހަރަކާތްތެރި ވެފައިވާ ކަމަށެވެ.

މީޑިއާ އޮފިޝަލު ވިދާޅުވީ ފަރަށް އަރާފައިވަނީ ކ. ދިއްފުށި ދޯންޏެއް ކަމަށާއި ދޯނި ފުން ކުރުމަށްފަހު ކަފު ޖަހައިގެން އެ ދޯނި ދިއްފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ.