ހަބަރު

މަޖިލީހުގައި އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި

ސިފައިން ވަރަށް ބޮޑަށް ސެކިއުރިޓީ ބަލަހައްޓަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރޭ އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައި ވާތީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ސިފައިން ބުނީ 3:53 އެހާކަންހާއިރު އަލިފާން ރޯވީ މަޖިލީހުގެ އިދާރާގެ ފުރަތަމަ ފަންގިފިލާގެ ވުޟޫކުރާ ތަނުގައި ހުރި ޑަސްބިނަކާއި ޓިޝޫ ފޮއްޓެއްގައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެތަނުގެ ޓައިލްތަކަށް ވަރަށް ބޮޑަށް އަލިފާނުގެ އަސަރު ކޮށް ގެއްލުންވެފައިވާ މަންޒަރުފެނެ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި އަލިފާން ހިފިތާ އިރުކޮޅެއްގެ ތެެރޭގައި ނިއްވާލާފައިވާ ކަމަށް ވެސް ބުންޏެވެ.

މިއީ މަޖިލީހުގެ ޗުއްޓީ ދުވަސްވަރެވެ. މީގެ ކުރިން ވެސް މަޖިލީހުގެ އިދާރާގެ ފާހާނާގައި ހުރި ޑަސްބިނެއްގައި އަލިފާން ރީވެ މަޖިލިސް ދުވަސްކޮޅަކަށް މެދުކަނޑާލަން ޖެހުނެވެ.