ކުއްލި ޚަބަރު

މާލޭގެ ކެފޭއެއްގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

Sep 29, 2017
23

މާލޭގެ ކެފޭއެއްގެ ތެރޭގައި ވެސް ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ދާދި ދެންމެއަކު ޒަހަމްކޮށްލައިފި އެވެ. އެ މާރާމާރީ ހިނގީ ރައްޔިތުން މަޖިލީހުގެ ޕާކިން ޒޯން ހުންނަ މަގު، ސިއްކަ ގޯޅީގައި ހުންނަ ޖީ-ސިކް ރެސްޓޯރަންޓްގެ ތެރޭގަ އެވެ.

ފުލުހުން ބުނީ، މިރޭ 11:30ގައި މާލޭގައި މާރާމާރީއެއް ހިނގައިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މާރާމާރީގައި ޒަހަމްވި ޒުވާނާއަށް ޢޭޑީކޭގައި މިހާރު ފަރުވާދެމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެ ޒުވާނާގެ ބުރަކަށީގެ ތިން ތަނަކަށް ވަޅިން ހަމަލާ ދިން ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ. އޭޑީޭކޭގައި ތިބި ބައެއް ގާތް މީހުން ބުނި ގޮތުގައި އޭނާގެ ހާލު ސީރިއަސް އެވެ.

އެ މާރާމާރީ އަކީ ވެސް ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއް ކަމަށްވެ އެވެ. އަދި މިރޭ ހުޅުމާލޭގައި ޒުވާނަކު މަރާލި ހާދިސާއާ އެ މާރާމާރީއާ ގުޅުން އޮތް ކަމަށްވެ އެވެ.

މިރޭ ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި މަރާލާފައި ވަނީ ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސްގައި ޑްރަގް އެޑިކްޝަނަށް ފަރުވާ ހޯދަމުން އަންނަ ގއ. ދާންދޫ، ހާރިސް އަބްދުލް ޣަފޫރު، 25 އަހަރެވެ. އޭނާ މަރާލީ މިދިޔަ ހަފްތާ މާފަންނު އައިޓަމްސް ކައިރީ ޒުވާނަކު މަރާލި މައްސަލައާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ކަމަށްވެ އެވެ. ތަފްސީލް އަންނަނީ...