ހަބަރު

ޕީޕީއެމް ދިއްގަރު ދާއިރާގެ ޕްރައިމަރީ ފާރިޝް މައުމޫން ކާމިޔާބު ކުރައްވައިފި

Apr 24, 2015

ޕީޕީއެމް ދިއްގަރު ދާއިރާގެ ޕްރައިމަރީ ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން ކާމިޔާބު ކުރައްވަފި އެވެ. 

މިއަދު މެންދުރު ފަހު 2:00 އިން ފެށިގެން ދާއިރާގެ ރަށްތަކުގަ އާއި މާލޭގައި ކުރިޔަށް ދިޔަ އިންތިހާބު  ފާރިޝް ކާމިޔާބު ކުރައްވީ ޕްރައިމަރީގައި ވާދަ ކުރައްވެ މޫސާ ނަސީރު ބަލި ކުރެއްވުމަށްފަހު އެވެ. ޕްރައިމަރީ ފާރިޝްއަށް ލިބި ވަޑައިގެންނެވީ 288 ވޯޓެވެ. މޫސާ ނަސީރަށް 140 ވޯޓެވެ.  ޖުމްލަ ވޯޓްގެ އަދަދަކީ 429 އެވެ. ބާތިލު ދެ ވޯޓެވެ.

މި ޕްރައިމަރީގައި ވޭވަށުގެ ވޯޓުން ފާރިޝް އަށް ލިބިވަޑައިގެންނެވީ  16 ވޯޓެވެ. މޫސާ ނަސީރަށް 26 ވޯޓެވެ. މާލޭ ފޮށިން ފާރިޝްއަށް 41 ވޯޓް ލިބުނު އިރު  މޫސާ ނަސީރަށް ލިބުނީ 25 ވޯޓެވެ. މަޑުއްވަރީ ފޮށިން މޫސާ ނަސީރަށް 10 ވޯޓް ލިބުނު އިރު ފާރިޝްއަށް  32 ވޯޓެވެ. ދިއްގަރު ފޮށިން ފާރިޝްއަށް 76 ވޯޓް ލިބުނު އިރު މޫސާ ނަސީރަށް 34 ވޯޓެވެ. މުލީގައި ބެހެއްޓި ވޯޓު ފޮށިން ފާރިޝްއަށް 124 ވޯޓް ލިބި ވަޑައިގެންނެވި އިރު މޫސާ ނަސީރަށް ލިބި ވަޑައިގަތީ 47 ވޯޓެވެ.