ވިޔަފާރި

މޫދު ކުޅިވަރަށް ލޯބިކުރާ ޒުވާނުން ހޮނިހިރު ދުވަހު ވިލިމާލެއަށް

Oct 5, 2017

މޫދު ކުޅިވަރަށް ލޯބިކުރާ ޒުވާނުންނަށް ހާއްސަކޮށްގެން ދިރާގު ޔޫތު ފެސްޓް 2017 - ވޯޓާ ސްޕޯޓްސް އެޑިޝަން އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.

މި ފެސްޓު އޮންނާނީ ހޮނިހިރު ދުވަހު ވިލިމާލޭ ވޯޓާ ސްޕޯޓްސް ސަރަހައްދުގަ އެވެ. އެ ދުވަހު ހެނދުނު 10 އަކުން ފެށިގެން އިރުއޮއްސި ހައެއް ޖެހުމާއަށް އެ ފެސްޓު ކުރިއަށް ދާނެ އެވެ.

ދިރާގުން ބުނީ އެ ފެސްޓުގައި ބައިވެރިންނަށް މުޅިން ހިލޭ މޫދުކުޅިވަރު ނުވަތަ ވޯޓާ ސްޕޯޓްސް ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެ ފެސްޓްގައި ލައިވް މިއުޒިކާއި، ބާބެކިއު އަދި ތަފާތު ބީޗް ކުޅިވަރުތައް އޮންނާ ކަމަށެވެ.

މި ފެސްޓިވަލް ބާއްވަނީ ދިވެހިންނަކީ ޒަމާނުއްސުރެ މޫދާއި ކަނޑަށް ފަރިތަ ބަޔަކަށް ވެފައި، މޫދު ކުޅިވަރު ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވީހާވެސް ގިނަ ޒުވާނުންނަށް ދިނުމުގެ މަގްސަދުގައި ކަމަށެވެ.