ހަބަރު

އަޑިއަށް ދިޔަ ދޯނިން ގެއްލުނު ތިން މީހުން ފެނިއްޖެ

Oct 6, 2017
2

ރޭ ފަތިހު އަޑިއަށް ދިޔަ މުދާ އުފުލާ ދޯނިން ގެއްލުނު ތިން މީހުން ފެނިއްޖެ އެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މާލެ އިން މުދާބަރުކޮށްގެން އއ އަތޮޅަށް ދަތުރު ކުރަމުން ދިޔަ "އުންމީދު" ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު މި ތިން މީހުން ފެނިފައި ވަނީ ފުލުހުން ބުނި ގޮތުގައި ރަންނާޅި ރިސޯޓް ބޭރުގައި ޕެލެޓްތަކެއްގެ މަތީގައި ތިއްބަ އެވެ. އެ މީހުން ފެނިފައި ވަނީ މެރިން ޕޮލިސްގެ ލޯންޗަކަށެވެ. ފުލުހުން ބުނީ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ދޯނީގައި ތިބީ ދެ ބީދޭސީންނާއި ދިވެއްސެކެވެ.

ދޯނި އަޑިއަށް ދިޔައީ މާލެ އަތޮޅު ބޮލިފުށީގެ ހުޅަނގުން ހަތް މޭލު ބޭރުން އެވެ. ދޯނި އަޑިއަށް ދާން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ. ދޯނީގެ ނިޝާނެއް އަދި ފެނިފައެއް ނުވެ އެވެ. އެހެން ނަމަވެސް އެމްއެންޑީއެފް ކޯސްޓްގާޑުންނާއި ހެލިކޮޕްޓަރުން އަންނަނީ ދޯނު އަޑިއަށް ދިޔަ ސަރަހައްދު ކަމަށް ރިޕޯޓް ކުރި ސަރަހައްދު ބަލަމުން އެވެ.