ވިޔަފާރި

ޝީޝާގެ ކުޅުދުއްފުށީ ފިހާރަ ހުޅުވައިފި

Oct 28, 2017
3

ހޮންޑާ ސައިކަލްގެ ރާއްޖޭގެ އެޖެންޓް، ޝީޝާއިން ހދ. ކުޅުދުއްފުށީގައި ސައިކަލް ވިއްކާ ފިހާރައެއް ހުޅުވައިިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ސައިކަލުގެ ވިޔަފާރި ކުރާ ޝީޝާގެ ކުޅުދުއްފުށީ ފިހާރައާއެކު، އެ ކުންފުނިން ރާއްޖޭގެ އެކި ހިސާބުތަކުގައި ހުޅުވާފައިވާ ފިހާރަތަކުގެ އަދަދު ވަނީ ދޭކަށް އަރާފަ އެވެ. ޝީޝާގެ ފިހާރައެއް ސ. ހިތަދޫގައި ވެސް ހިންގަމުންދެ އެވެ.

ޝީޝާ އިން ބުނީ އިއްޔެ ހުޅުވި އެ ފިހާރައިން ވެސް ސައިކަލް ލިބޭނީ މާލެއެކޭ އެއް އަގެއްގައި ކަމަށާއި އާ ފިހާރަ ހުޅުވުމާ ދިމާކޮށް، ސައިކަލްތަކަށް ހިލޭ ސާވިސް ދޭ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށެވެ.

ހޮންޑާގެ އޮތޮރައިޒް ޑިސްރިބިއުޓާގެ ގޮތުގައި ޝީޝާއިން ރާއްޖޭގައި ވިޔަފާރި ފަށާފައިވަނީ 1997 ވަނަ އަހަރު އެވެ. މިހާރު އެ ކުންފުނިން ދަނީ ސައިކަލް ވިއްކުމުގެ އިތުރުން އެއާގުޅާ ގިނަ ހިދުމަތްތަކެއް ވެސް ދެމުންނެވެ.