ވިޔަފާރި

މިދިޔަ މަހުގެ އާމްދަނީ އިތުރުވެއްޖެ

Nov 13, 2017
3

މިދިޔަ މަހު ދައުލަތަށް ބަލައިގަތް އާމްދަނީ އޭގެ ކުރީ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު 10.7 ޕަސެންޓް އިތުރު ވެއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ މިދިޔަ މަހު 983.5 މިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށެވެ. މި އަދަދާއެކު މި އަހަރުގެ މިހާތަނަށް މީރާ އަށް ބަލައިގަތް އާމްދަނީގެ ޖުމުލަ ވަނީ 12.89 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

އަހަރުގެ އޮކްޓޫބަރު މަހު ލިބުނު އާމްދަނީއަކީ މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައިބަލާއިރު އިތުރު އަދަދެކެވެ. އަދި މިއީ 2017 އޮކްޓޫބަރު މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ ހަތަރު ޕަސެންޓް އިތުރު އަދަދެކެވެ. އޭގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި މި އަހަރުގެ ހަތަރުވަނަ ކުއާޓާ [އޮކްޓޫބަރު] އާ ދިމާވުމެވެ.

ވޭތުވެދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ އިންނެވެ. އެއީ އޮކްޓޫބަރު މަހު ލިބުނު ޖުމުލަ އާމްދަނީގެ 54.9 ޕަސެންޓް، ނުވަތަ 539.5 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް 13.1 ޕަސެންޓް، ނުވަތަ 128.5 މިލިއަން ރުފިޔާ އިންނެވެ. މީގެ އިތުރުން، ބިޒްނަސް ޕްރޮފިޓް ޓެކްސް އަށް ޕަސެންޓް، ނުވަތަ 78.5 މިލިއަން ރުފިޔާ އެވެ. އަދި ގްރީން ޓެކްސް 5.5 ޕަސެންޓް، ނުވަތަ 53.9 މިލިއަން ރުފިޔާ އެވެ. އަދި އެއާޕޯޓް ސާވިސް ޗާޖް އިން 4.6 ޕަސެންޓް ނުވަތަ 45.5 މިލިއަން ރުފިޔާ އެވެ. އަދި އެހެނިހެން ޓެކުހާއި ފީ (137.6 މިލިއަން ރުފިޔާ ނުވަތަ 14.0 ޕަސެންޓް ހިމެނެ އެވެ.

މިދިޔަ މަހު ރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 38.1 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެ އެވެ.