ހަބަރު

އަމަން ނަގާލަން ބާއްވާ އެއްވުންތަކުގައި ބައިވެރިނުވަން ނައިބު ރައީސް ގޮވާލައްވައިފި

Apr 29, 2015

ގައުމުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ނާގާލައި ހަމަ ނުޖެހުމަށް މަގު ފަހި ކުރުމަށް ބާއްވާ އެއްވުންތަކުގައި ބައިވެރި ނުވުމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިހެން ގޮވާލެއްވީ ޓްވިޓާ މެދުވެރިކޮށް މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

ނައިބު ރައީސް މިހެން ގޮވާލެއްވި އިރު އަންނަ ހުކުރު ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބާއްވަން އެމްޑީޕީ އާއި އަދާލަތާއި ޖޭޕީ ގުޅިގެން މަސައްކަތްކޮށް ރަށްރަށުން ދަނީ މާލެއަށް މީހުން ގެންނަމުންނެވެ. އެ އެއްވުމުގައި  ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފިފިނަމަ އެ ފަރާތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ސިފައިންނާއި ފުލުހުން ވަނީ ބުނެފަ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ހުކުރު ދުވަހުގެ އެއްވުމާއެކު ރައީސް ޔާމީންގެ ސަރުކާރުގެ "އަނިޔާވެރިކަން" ނިމުމަކަށް ގެންނާނެ ކަމަށެވެ،