ވިޔަފާރި

ހެމާ ޕްރިމިއަމް: އެންމެ ލަގްޒަރީ، އެންމެ ހިތް ގައިމު

Dec 9, 2017
1
ދި ހެމާ ޕްރިމިއަމްގެ ވީޑިއޯއެއް--

ފުރަތަމަ ކަމަކީ ޖިމް ހުންނަ ތަނެވެ. މިތަން ހުންނަނީ މާލޭގެ އެންމެ "ޕްރިމިއަމް" އިމާރާތުގަ އެވެ. ނަލަހިޔާ ހޮޓަލުގެ ދެވަނަ ފަންގި ފިލާގަ އެވެ. ދޮރު ހުޅުވައި، ޖިމްގެ ތެރެ އަށް ވަންނަ ތަކުން މި ތަނުގެ ހާއްސަކަން އިހުސާސް ވާނެ އެވެ. ޖާގަ ބޮޑެވެ. ހިތް ފަސޭހަ އެވެ. ހިތްހަމަ ޖެހޭ މާހައުލެކެވެ. އަދި އެންމެ ހާއްސަ ކަމަކީ މިތަނަށް އަންނަ މީހަކަށް އޮންނަ ޕްރައިވެސީއެވެ. ހިތްހަމަ ޖެހިލައިގެން ޖިމް ހަދައިލަން ލިބޭ ފުރުސަތެވެ. މިއީ މިހާރު މާލޭގައި ހުރި އެންމެ ލަގްޒަރީ އެއް ޖިމް ކަމަށްވާ "ދި ހެމާ ޕްރިމިއަމް" އެވެ.

ދި ހެމާ ޕްރިމިއަމް ހާއްސަވާ ސަބަބުތަކަކީ ކޮބައި ހެއްޔެވެ؟ އަދި ތަފާތަކީ ކޮބައި ހެއްޔެވެ؟ އެއް ތަފާތަކީ މި ތަނުގެ މެޝިންތަކުގެ އެތުރުންތެރިކަމެކެވެ. ނުވަތަ ޖާގަ ބޮޑު މާހައުލަކަށް ޖިމް ފަސޭހަ ކޮށްދިނުމަށް މެޝިންތައް އަތުރާލާފައިވާލެއް ފުރިހަމަ ކަމެވެ. މެޝިތައް ރާވާލާގައި ހުރި ގޮތުން، ބޭނުން ކުރާ މީހުންނަށް ދަތިވުމުން ދުރުކޮށްދޭނެ އެވެ.

ދި ހެމާ ޕްރިމިއަމްގެ މެޝިން ތަކަކީ ފިޓްނަސްގެ ދުނިޔޭގައި މަޝްހޫރު "މެޓްރިކްސް" މެޝިން ތަކެވެ. ދި ހެމާ ޕްރިމިއަމް ޖިމްގެ ގިނަ މެޝިން ތަކަކީ ފްރީވެއިޓް ވެޝިންތަކެވެ. މީގެ ސިއްރަކީ އަމިއްލައަށް ޖިމްއަށް ވަދެ، ރައްކާތެރިކަމާއެކު ކަސްރަތު ކޮށްލެވޭނެ މަގު ފަހި ކުރުމެވެ.

ފްރީވެއިޓް މެޝިންތަކަށްވުމުން، ކޮންމެ މީހަކަށްވެސް ޖިމްއަށް ގޮސް ކަސްރަތު ކޮށްލެވޭނެ އެވެ. މިއީ ހާއްސަ ސަބަބެކެވެ.

އެންމެ ޕްރައިވެސީ

ދި ހެމާ ޕްރިމިއަމް ހާއްސަވެފައިވަނީ މަތީ މަގާމުތަކާއި މަތީ ފަންތީގެ މީހުންނަށް އެންމެ ހިތްހަމަ ޖެހޭ މާހައުލެއް އޮންނާނެ ގޮތައް ބަލައިގެންނެވެ. ހާއްސަކޮށް އެ މީހުންގެ މަސައްކަތުގެ މާހައުލުން ނުކުމެ، ހަމަ ނޭވާއެއް ލައި ޖިމް ފުރިހަމަ ކޮށްލެވޭނެ ގޮތަކަށެވެ. އެހެންވެ މިތަން ފަރުމާކޮށްފައިވަނީ މިފަދަ ހާއްސަ ބޭފުޅުންނަށެވެ. ޖިމްގެ އަގުތައްވެސް ވަނީ އެގޮތަށް "ހައިއެންޑް" ރޭޓެއްގައި ބަހައްޓާފަ އެވެ. ޖިމްގެ އިތުރުން މި ތަނުގައި ފެންވާލުމުގެ ހިދުމަތްވެސް ލިބެން ހުރެ އެވެ.

ޖިމްގައި ޝައުނާއެއް

ޖިމް ނިންމާލުމަށްފަހ، ހޫނުން "ފެންވަރައިލުމުން" އެ އޮތް ލިބޭ އަރާމެކެވެ. މި އިހުސާސް ކުރެވޭނެ ޖިމަކީ މިއީ އެވެ. ހެމަ ޕްރިމިއަމްގައި ޝައުނާއެއް ހުރެ އެވެ. ހިތް ފަސޭހަކޮށް ހަދާފައިވާ މި ޝައުނާއަކީ މިތަން ޕްރިމިއަމް ވާ އެންމެ ބޮޑު އެއް ސަބަބު ކަމަށް ބުނެވިދާނެ އެވެ.

ހާއްސަ ޓްރެއިނަރުން ތިބޭ

ދި ހެމާގެ ވެބްސައިޓް--

ގޭގައި ކިތަންމެ ފެންވަރު ރަނގަޅުކޮށްވެސް ޖިމްއެއް ހެދިދާނެ އެވެ. އެކަމަކު މައްސަލަ ޖެހޭ ހިސާބަކީ މިކަން ކުރަން ޖެހޭ ގޮތް ރަނގަޅަށް ނޭނގުމެވެ. ނޫނީ މޮޓިވޭޓު ކޮށްދޭނެ މީހަކު ނެތުމެވެ. އެހެންވެ ހެމާ ޕްރިމިއަމްގައި ހާއްސަކޮށް ޓްރެނަރުން ތިިބެ އެވެ. މި ތަނުގެ ހާއްސަ އަނެއް ކަމަކީ މި އެވެ. އެހެންވެ މިއީ ލިބޭ ބޮޑު އެހީތެރިކަމަށް ނޫނީ ނުވާނެ އެވެ.

ކޮންމެއަކަސް ހިތްހަމަ ޖެހޭ، ޕްރައިވެސީ ލިބޭނެ މާހައުލެއްގައި ޖިމް ފުރިހަމަ ކޮށްލަން ބޭނުންނަމަ މިހާރު އެންމެ ރަނގަޅު ތަނަކީ ދި ހެމާ ޕްރިމިއަމް އެވެ.