ހަބަރު

މާދަމާގެ އެއްވުމަށް ފަންޑެއް ނުކުރަން: ގާސިމް

Apr 30, 2015

މާދަމާ ބާއްވާ މުޒާހަރާއަށް ހަރަދު ކުރަނީ ގާސިމް އިބްރާހިމް ޓޫރިޒަމް މިިނިސްޓަރު އަހުމަދު އަދީބު ދެއްކެވި ވާހަކަފުޅުތައް ގާސިމް އިބްރާހިމް ދޮގު ކުރައްވައިފި އެވެ.

ގާސިމް މިރ ކުރެއްވި ޓްވީޓެއްގައި ގާސިމް ވިދާޅުވީ "ޕީޕީއެމުންނާއި ޓޫރިޒަމް މިނިސްޓަރު އަދީބު ހައްދަވަނީ ދޮގު" ކަމަށެވެ.

ގާސިމް މިހެން ވިދާޅުވި އިރު ޕީޕީއެމުން ބޭއްވި އިވެންޓެއްގައި އަދީބު ވިދާޅުވީ މާދަމާގެ އެއްވުމަށް ގާސިމް ހަރަދުކުރައްވާ ކަމަށާއި ގާސިމްގެ ވީޓީވީގެ ހަބަރުތަކާއި ގާސިމް ލީޑަރުކަން ކުރައްވާ ޖޭޕީގެ ނައިބު ލީޑަރުގެ ވާހަކަ ތަކުން ވެސް އެކަން އެނގޭ ކަމަށެވެ.