ހަބަރު

ގާސިމް ޖަރުމަނުން: މި އަނިޔާއިން ސަލާމަތްވޭތޯ ދުއާކޮށްދީ

Dec 15, 2017
11

ރާއްޖެއަށް މިއަދު ދިމާވެފައިވާ އަނިޔާވެރި ހާލަތުން ސަލާމަތްކޮށްދެއްވާތޯ ދުއާކޮށްދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ.

ޖަރުމަނުގައި ހުންނަވައިގެން ގާސިމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ އަނިޔާވެރިންގެ ކިބައިން ދިވެހިންނާއި ދިވެހި ގައުމު ސަލާމަތްކޮށްދެއްވުމާއި ހިތްހަމަ ޖެހުމާއި އުފާވެރިކަން މިންވަރު ކުރެއްވުމަށް އެދި ދުއާކޮށްފަ އެވެ. އަދި ވިދާޅުވީ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ކުށަކާއި ނުލައި ބޭ އިންސާފުން ބަންދުގައި ބަހައްޓާގެން ހުންނަތާ 150 ދުވަސް ވެއްޖެ ކަމަށާއި އެ ބޮޑު އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވުމަށް އެދި ހުރިހާ ފަރާތްތަކުން ވެސް ދުވާކޮށްދިނުމަށް އެދޭ ކަމަށެވެ.

ގާސިމް އިއްޔެ ކުރެއްވި ޓްވީޓު

ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު ކަރެކްޝަނުން ދިން މުއްދަތު ހަމަވި އިރު ވެސް ގާސިމް ވަނީ ބަލި ހާލަތު ހުރިގޮތުން ކަމަށް ވިދާޅުވާ އަނބުރާ ރާއްޖެ ވަޑައިނުގެންފަ އެވެ. އަދި މިހާރު ކަރެކްޝަނުން ވަނީ ގާސިމް ގެނައުމަށް ފުލުހުންނާ ވެސް ހަވާލުކޮށްފަ އެވެ. ނަމަވެސް ގާސިމް ވަނީ ޖަރުމަނުން ދެއްވި ހާއްސަ ހުއްދައެއްގައި އެ ގައުމަށް ވަޑައިގެންފަ އެވެ. އެ މަނިކުފާނު ބޭސްފަރުވާއަށް ދިޔައީ ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ކުރުމަށެވެ.