ވިޔަފާރި

"ހެޕީ އޯނޮޓް" އެޗްއާރް މޯލްޑިވްސްއާ ގުޅިއްޖެ

Dec 26, 2017

ހިދުމަތް ހޯދާ މީހުން، ހިދުމަތުގެ ފެންވަރު ބަލަން ދުނިޔޭގައި ބޭނުންވާ އެންމެ މަގުބޫލު، ސިސްޓަމް ކަމަށްވާ "ހެޕީއޯނޮޓް" ރާއްޖޭގެ އެޗްއާރް މޯލްޑިވްސްއާ ގުޅިއްޖެ އެވެ.

އެޗްއާރް މޯލްޑިވްސް އިން ބުނި ގޮތުގައި ކަސްޓަމަރުންނާއި މުވައްޒަފުންގެ ހިޔާލު ބެލުމަށް ދުނިޔޭގެ އެކި ތަންތަނުގައި ބޭނުންކުރާ މި ނިޒާމު، އެ ޖަމިއްޔާ އަށް ގުޅުމާއެކު، ރާއްޖޭގައި މި ހިދުމަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެޗްއާރު މޯލްޑިވްސް އިން ބުނެފައިވާ ގޮތުގައި ރާއްޖެ ފަދަ ޓޫރިޒަމް ވިޔަފާރި ފުޅާކޮށް ކުރާ ގައުމަކަށް މި ސިސްޓަމްގެ މުހިންމުކަން ބޮޑުވާނެ އެވެ. މިގޮތުން މި ސިސްޓަމް މެދުވެރިކޮށް ކަސްޓަމަރުން ހިދުމަތާއިމެދު ދެކޭ ގޮތް އެނގިގެންދާނެ އެވެ. އަދި މިއީ ހިދުމަތް ހޯދާ މީހުންގެ ހިޔާލު ފަސޭހަކަމާއެކު ހޯދުމަށް ހުޅުވިގެންދާ ދޮރެއް ކަމަށް އެޗްއާރު މޯލްޑިވްސް އިން ބުނެފައިވެ އެވެ.

ހެޕީއޯނޮޓްގެ އާޓިކަލްއެއް ސީއެންއެންގައި

"ހެޕީއޯނޮޓް" އަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އޮފީސްތަކާއި އެއާޕޯޓްތަކުގައި ބޭނުންކުރާ ނިޒާމެކެވެ. ކުޑަ މެޝިނެއްގައި ހަރުކޮށްފައި ހުންނަ މި ނިޒާމުގައި ވާ "ފޭސް" ތައް މެދުވެރިކޮށް ހިދުމަތް ހޯދާ މީހުންގެ ހިޔާލު ވަރަށް ފަސޭހަކަމާއެކު ހޯދެ އެވެ.

ހެޕީއޯނޮޓް ވީޑިއޯ--