ހަބަރު

ފޭދޫގައި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ

Jan 12, 2018

އައްޑޫ ސިޓީ ފޭދޫ ލިންކް ރޯޑްގައި ރޭ އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެ އެވެ.

ފުލުހުން ބުނީ، ރޭ ފޭދޫ ސިޓީ ލިންކްރޯޑް ފެރީ ޓާމިނަލް ކައިރިން ދުއްވާފައިދިޔަ ސައިކަލް އެއް ކޮންޓްރޯލުން ނުވެގެން ގޮސް މަގުމަތިން ހިނގާފައިިދިޔަ މީހެއްގެ ގައިގަޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްގައި އެވަގުތު ސައިކަލްގައި ތިބި ދެމީހުންނަށާއި މަގުމަތިން ހިނގާފައިދިޔަ މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ ތިން މީހުންނަށް މިހާރު ދަނީ ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ކަމަށެވެ. ނަމަވެސް އެތިން މީހުންނަށް ލިބިފައިވަނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ނުބުނެ އެވެ.

އެނގިފައިވާ ގޮތުގައި، ސައިކަލުން ޖެހިފައިވަނީ ބިދޭސީ އެއްގެ ގައިގަ އެވެ. އަދި އެވަގުތު ސައިކަލުގައި އިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބި އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.

އައްޑޫ ސިޓީގައި މިދިޔަ މަހު ހިނގިވެސް ވަނި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފަ އެވެ. އެ އެކްސިޑެންޓްގައި އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކު ވަނީ މަރުވެފަ އެވެ. އެކްސިޑެންޓަށްފަހު އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ ގދ. ވާދޫ، ނެސްޓު އަރުޝަމް އިބްރާހީމް އެވެ.