ވިޔަފާރި

ރީފް ސައިޑް "ރަމަޒާން ފްރެންޒީ" ސޭލްގައި ގިނަ އިނާމުތަކެއް!

May 11, 2015

ގިނަ އިނާމުތަކާއެކު ރީފް ސައިޑް "ރަމަޒާން ފްރެންޒީ ސޭލް"  ފަށައިފި އެވެ.

ރީފް ސައިޑް އިލެކްޓްރޯނިކްސް ފިހާރާގައި ކުރިއަށް ގެންދާ މި ސޭލްގައި އިލެކްޓްރޯނިކްސް ސާމާނުގެ އަގުތައް ހުރީ ވަރަށް ބޮޑުތަން ހެޔޮކޮށްލާފަ އެވެ.

ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ސޭލްގައި ސޮނީ ބްރާވިއާ އާއި ހައިސެންސް ޓީވީގެ އަގުތައް ވަރަށް ބޮޑުތަން ހެޔޮކޮށްފައިވެ އެވެ. ސޭލް ފެށުމުގެ ކުރިން ގާތްގަނޑަކަށް 12،000ރ. އަށް ވިއްކި ޓީވީތަކުން 2،000ރ. ގެ ޑިސްކައުންޓެއް ދީ، މިހާރުވަނީ 10،000ރ. އަށް ހެޔޮކޮށްލާފަ އެވެ. މީގެ އިތުރުން އެމެރިކާގެ އެންމެ މަޝްހޫރު އެއް ބްރޭންޑް ކަމަށްވާ "ވާލްޕޫލް" މަރުކާގެ ދޮންނަ މެޝިނާއި އައިސް އަލަމާރީގެ އަގުތައް ވެސް ވަރަށް ބޮޑުތަން ދަށް ކޮށްފައިވެ އެވެ. އަދި އަވަނާއި އެއާކޮންޑިޝަންގެ އަގު ވެސް ހެޔޮކޮށްފައިވެ އެވެ.

މި ސޭލްގައި އެއްވަނަ އިނާމަކަށް ދެނީ 50 އިންޗީގެ ބިޔަ ހައިސެންސް ޓީވީ އެކެވެ. އަދި ދެވަނަ އިނާމަކަށް ބްލޫސްޓާ މަރުކާގެ އިންވާޓާ އެއާ ކޮންޑިޝަނެއް ލިބެ އެވެ. އަދި ތިންވަނަ އިނާމަކަށް ވާލްޕޫލް މަރުކާގެ ބޮޑު އައިސް އަލަމާރިއެއް ލިބެ އެވެ.

ރީފް ސައިޑަކީ ރާއްޖޭގައި ސޮނީ ޓީވީ އާއި ހައިސެންސް އަދި ވާލްޕޫގެ އުފެއްދުންތަކުގެ ޑިސްރިބިއުޓަކެވެ. ރީފް ސައިޑް އިލެކްޓްރޯނިކްސް ހުންނަނީ ޗާންދަނީ މަގު ސީގަލް ކައިރީގަ އެވެ.