ހަބަރު

މުޒާހަރާގެ ރޫޅާލައި، މެންބަރު އަލީ ހުސެއިން ހައްޔަރުކޮށްފި

އިދިކޮޅު ޕާޓީތަކުން މިރޭ ބޭއްވި މުޒާހަރާގެ ތެރެއިން ރައްޔިތުން މަޖިލީހުގެ ކެނދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ހައްޔަރުކޮށްފި އެވެ. އަލީ ހުސެއިން ހައްޔަރުކޮށްފައި ވަނީ މަޖީދީ މަގުގައި އޭނާ ހުންނަވަނިކޮށެވެ.

އިދިކޮޅު ޕާޓީތަކުން މިރޭ ވެސް ކުރިޔަށް ގެންދިޔަ މުޒާހަރާ ފެށިގެން ދިޔައީ އާޓިފިޝަލް ބީޗު ކުރިމަތީ ހުންނަ އެމްޑީޕީ ޖަގަހައިންނެވެ. އަދި ފުލުހުން ދިޔައީ މުޒާހަރާގެ ބައިވެރިން މަގުގެ ދެ ފަރާތައް ޖައްސާ، ޓްރެފިކް ބަލަހައްޓަމުންނެވެ. ނަމަވެސް މުޒާހަރާ ކުރިޔަށް ދިޔަ އިރު އެކި ފަހަރުގެ މަތިން ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައި ބައިވެރިން ރޫޅާލަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް 12:00 ޖެހުމާއެކު ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހާ މުޒާހަރާ ރޫޅާލައިފަ އެވެ.

މުޒާހަރާގެ ބައިވެރިން މިހާރު ތިބީ ޖޭޕީގެ ޖަގަހަ މ. ކުނޫޒުގެ ސަރަހައްދުގަ އެވެ. އަދި ފުލުހުން އަންނަނީ އެ ސަރަހައްދުގައި ވެސް ހަރަކާތްތެރިވަމުންނެވެ.